Advertisement

17 Sep 2023
ޚަބަރު

އިރާދަކުރެއްވިއްޔާ ފަހަތުން އަރާ އިންތިހާބު ކާމިޔާބު ކުރާނަން: ރައީސް

ފަހަތުން އަރާވަޑައިގެން ދެވަނަ ބުރު އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ސޯސަން ޖަގަހައިގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި އިންތިހާބަކީ ފުޓުބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ޞާލިހް ވިދާޅުވީ ފުޓްބޯޅަ މެޗެއްގެ ފުރަތަމަ ހާފުން ބަލިވުމުން އެ މެޗު ނިމުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށާއި ދެވަނަ ހާފުގައި ނުކުމެ އިތުރަށް ލަނޑު ޖަހައި ނަތީޖާ ބަދަލުކުރާ އުސޫލުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެކަމަށެވެ. ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީން ދެވަނަ ބުރާ ކުރިމަތިލަނީ އާ އަޒުމަކާއި ރޫހާއި ޖޯޝާ އެކުގައި ކަމަށާއި އެކަން އެމްޑީޕީގެ ކުރީގެ ހަރަކާތްތެރިން ކެމްޕެއިނާ ގުޅިވަޑައިގަތުމުން ހާމަވާ ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އިންތިޚާބުގައި ފަހަތުން އަރާ ކުރި ހޯދުމަށްޓަކައި ބޭނުންވާ ބަދަލުތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ގެންނަވާފައިވާނެކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވައިގެން ކުރަން ޖެހޭ ކަމަކީ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފުގައި 3-1 އިން 4-2 އިން ބަލިވޭ. އެއް ބަޔަކު މޮޅުވޭ. މިއަދު މިތިބީ އެގޮތަށް ބަލާނަމަ 3-1 ގެ ތަފާތަކުން. 2 ވަނަ ހާފުގައި ނުކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން އިރާދުކުރެއްވިއްޔާ ކާމިޔާބުކުރާނީ."  ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އިދިކޮޅު ކެނޑިޑޭޓް ވެވަޑައިގަންނަވާ ބައެއް ވައުދުތަކަށްވެސް ރައީސް ރޭ ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރެއްވުމަށާއި ހިޔާ ފްލެޓްތަކާއި ސަރުކާރު ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ރައީސް ވަނީ އެއީ ފުއްދައިދެވިދާނެ ވައުދުތަކެއްތޯ ސުވާލު އުފައްދަވާފައެވެ. ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.