Advertisement

10 Sep 2023
ޚަބަރު

އިންތިހާބު އެއް ބުރުން ކާމިޔާބެއް ނުވި، 2 ވަނަ ބުރު މިމަހުގެ 30 ގައި

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެއްވެސް ބޭފުޅަކަށް އެއް ބުރުން ކާމިޔާބު ނުވެ 2 ވަނަ ބުރަކަށް ދާންޖެހިއްޖެއެވެ.

އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 46.15 އިންސައްތަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުއަށް 101453 ވޯޓް ލިބިވަޑައިގެންފައިވެއެވެ.

2 ވަނައިގައި 39.09 އިންސައްތަ ވޯޓާއެކު އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް 85920 ވޯޓް ލިބިވަޑައިގެންނެވިއެވެ.

ވަގުތީ ނަތީޖާއިން 3 ވަނަ ލިބޭނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އެއީ 15807 ވޯޓާއިއެކުގައެވެ. 4 ވަނައިގައި އުޅުއްވަނީ އަމިއްލަގޮތުން ވާދަކުރެއްވި ޢުމަރު ނަސީރެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ 6339 ވޯޓެވެ.

5 ވަނައިގައި 5460 ވޯޓާއިއެކު އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙީމްއެވެ. 6 ވަނަ ލިބެނީ އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށެވެ. އެއީ 2979 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 1906 ވޯޓާއިއެކު އުޅެނީ 7 ވަނައިގައެވެ. ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ. އެއީ 325 ވޯޓެވެ.

އިންތިހާބުގެ 2 ވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ވަރަށް އަވަހަށް ރީރަޖިސްޓްރޭޝަންއަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.