Advertisement

ބާތިލްވޯޓަށް ވުރެ މަދުން ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުން ---

11 Sep 2023
ޚަބަރު

ރިޔާސީ އިންތިޚާބުގައި 3 ކެންޑިޑޭޓަކަށް ލިބުނު ވޯޓު ބާޠިލު ވޯޓަށް ވުރެވެސް މަދު

ހައިރާންކުރުވަނިވި ނަތީޖާތައް ފެނިގެން ދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓަކަށް، ލިބުނު ވޯޓު ބާޠިލްވޯޓުގެ އަދަދަށް ވުރެވެސް މަދުކަން އިލެކްްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ޖުމުލަ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން، ތިން ކެންޑިޑޭޓަކަށް ލިބިވަޑައިގަތީ 1 ޕަސެންޓް ވޯޓަށްވުރެވެސް މަދުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށާއި، އެމްއެންޕީގެ ކެންޑިޑޭޓެވެ. މިއިންތިޚާބުގައި، 4835 މީހުންލީ ވޯޓު ބާޠިލްވި އިރު، އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، އަޙްމަދު ފާރިޝް މައުމޫނަށް، ލިބިވަޑައިގަތީ، 2979 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމަށް ލިބިވަޑައިގަތީ، 1907 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި، ކެންޑިޑޭޓް ޙަސަން ޒަމީލަށް ލިބިވަޑައިގަތީ، 327 ވޯޓެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެންމެ މިނިވަން އިންސާފުވެރި އިންތިޚާބު ކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޤަބޫލުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.