Advertisement

ރައީސުލްޖުމްހޫރިއްޔާ ރަތަފަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ ---

08 Aug 2023
ޚަބަރު

ރަތަފަންދޫގެ ބިމުގެ ދަތިކަމަށް ހޯދައިދެއްވާނެ ޙައްލަކީ ރަތަފަންދޫއާ ކެރައްދޫ ގުޅާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ގދ. ރަތަފަންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހޯދައިދެއްވާނެ ހައްލަކީ ރަތަފަންދޫއާ ދާދިގާތުގައި އޮތް ކެރައްދޫ، ރަތަފަންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެދެރަށް ގުޅާކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ރަށްރަށަށް މިހާރު  ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު، އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަތަފަންދޫ ރައްޔިތުންނާއި ކައުންސިލުންވެެސް ފާހަގަކުރާ އެންމެ ބޮޑު ދަތިކަމަކީ، އެރަށުގެ ބިންފުރިފައިވުމެވެ. އަދި އެރަށާއި އެއްފަޅެއްގައި ދާދި ގާތުގައި އޮތް ކެރައްދޫއަކީ ގުދުރަތީ ބިންކަމުގައިވުމުން ދެރަށް ގުޅާލުމަކީ، ރަތަފަންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުވެވަޑަިއގެންފިނަމަ ރަތަފަންދޫގެ ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ރަތަފަންދޫގެ ތަރައްޤީއަށް ކޮށްދެއްވުމަށް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި، އެރަށުގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައު ސިއްޙީމަރުކަޒެއް ބިނާކުރުމާއި، ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު އެޅުމާއި، ޒުވާނުންގެ މަރުކަޒެއް އެޅުން ހިމެނެއެވެ.

ކެމްޕޭނުގައި ރައީސް ޞާލިޙް ރަތަފަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.