Advertisement

17 Aug 2023
ޚަބަރު

އާލާސްކަންފުޅާ އުޅުއްވާތީ ރައީސްގެ ކެމްޕޭން ދަތުރުފުޅުތައް މެދުކަނޑުއްވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅު އެމަނިކުފާނު އާލާސްކަންފުޅާއި އުޅުއްވާތީ މެދުކަނޑުއްވާލައްވައިފިއެވެ.

އެމްޑީޕީގެ ކެމްޕޭން ތަރުޖަމާން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާވެސް އުޅުއްވަނީ މިހާރު އުޅޭ ރޯގާގެ އާލާސްކަންފުޅުގައި ކަމަށާއި، އާލާސްކަންފުޅުން ފަސޭހަފުޅުވިހާ އަވަހަކަށް އަލުން ދަތުރުތައް ފައްޓަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިއަތޮޅު ދަތުރުފުޅު ފެއްޓެވީވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ތާވަލުކޮށްފައި އޮތް ދުވަހަށްވުރެ އެއްދުވަސް ފަހުންކަންވެސް އެމަނިކުފާނުގެ ކެމްޕޭނުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

ކެމްޕޭނާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، މިފަދަކަމެއް ރައީސް ޔާމީންގެ ދައުރުގައި ކުރިމަތިވެ ކެމްޕޭން މެދުކަނޑާލަން ޖެހުނުނަމަ އެއީ ސިހުރުހެދީކަމަށް ބަލައި އެތައް ބަޔަކު ހައްޔަރު ކުރީސް ކަމަށެވެ. މިގޮތުން މާރިޔާ ވަނީ 2018ގެ ކެމްޕޭންގެ ތެރޭގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ސިހުރު ހެދިކަމަށް ބުނެ ކުޅުދުއްފުށިން ބަޔަކު ހައްޔަރުކުރިކަންވެސް ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ދެން ކެންޑިޑޭޓުންނަށް ބާކީ އޮތީ ތިން ހަފްތާއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ބޮޑުތިލަދުންމަތީގައި ހިމެނޭ ހުރިހާ އަތޮޅަކަށާއި، މުލަކަތޮޅާއި ނިލަންދެއަތޮޅު ދެކުނުބުރިއާ ހުވަދުއަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް މިހާރު ގެންދަވަނީ އަތޮޅުތެރޭގެ ރަށްރަށަށް ދަތުރު ކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.