Advertisement

ޕީޕީއެމްގެ އިސްބައެއް ބޭފުޅުން ---

06 Aug 2023
ޚަބަރު

ސްޕްރީމް ކޯޓުގެ ޙުކުމުން ރައީސް ޔާމީނުގެ ޙައްޤު ނިގުޅައިގަތްކަން ޤަބޫލު ނުކުރާކަން ޕީޕީއެމް ސެނެޓުން ހާމަކޮށްފި

ސްޕްރީމްކޯތުގެ ހުކުމާ އެކު، ރައީސްޔާމީނު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެދިވަޑައިގަތް އެދިވަޑައިގަތުން، ޕީޕީއެމްގެ ސެނެޓުގެ މެމްބަރުން ބޮލާލައި ޖަހައިފިއެވެ.

ރައިސް ޔާމީން ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމާއި ޚިލާފަށް، ޕީޕީއެމް ސެނެޓުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، މިއަދު ވޯޓުނަގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ. ވަރަށް ބޮޑަށް ހޫނުވެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތައް ހިނގި އެ ބައްދަލުވުމުގައި ބައިވެރި 126 ސެނެޓަރުންގެ ތެރެއިން، 67 ސެނެޓަރުން ވޯޓުދެއްވީ، އިންތިޚާބުގައި ވާދަކުރުމަށް ފެންނަ ކަމަށެވެ. އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރުމަށް ތާއީދުކުރި ސެނެޓަރުންނަކީ، މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ، މާލޭގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒުއަށް ތާޢީދު ނުކުރާ ފަރާތްތައް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތެއްގައި، ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރެން ބޭނުންވާކަމަށް އިއްޔެ ސްޕްރީމް ކޯޓުގައިވެސް ޕީޕީއެމުން ބުނެފައިވެއެވެ. އަދި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ ޑރ މުއިއްޒަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނީ ރައީސް ޔާމީނަށް އިންތިޚާބަށް ކުރިމަތި ނުލެވޭ ޙާލަތުގައި ޕީޕީއެމްއިން ކެނޑިޑޭޓަކު ނުނެރޭކަމަށް ވާނަމަ ކަމަށްވެސް ޕީޕީއެމްގެ އިސްބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތާއި ޚިލާފަށް ޕީޕީއެމްއިން ޢަމަލު ކުރުމަކީ، ޕާޓީގައި ރައީސް ޔާމީނުގެ ބާރު ކުޑަވެގެން ހިނގައްޖެކަން ހާމަވާ ކަމެއް ކަމުގައިވެސް ސިޔާސީ މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރެން ނިންމާފައި ވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓް ކަނޑައަޅާފައެއް އަދި ނުވެއެވެ. ރައީސް ޔާމީނުގެ ކެންޑެންސީ ހުށައެޅި އިރު، އެމަނިކުފާނުގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރަނިންމޭޓަކަށް ކަނޑައެޅުއްވި ޑރ މުހައްމަދު ޖަމީލު ޢަހުމަދެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަވްޤުވެރިކަން، ކުރީގެ ރައީސް ޑރ މުހައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ ފާޅުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެންޑިޑެންސީ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ ފުރުޞަތު މާދަމާގެ މެންދުރުފަހު 14:00އަށް ހަމަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.