Advertisement

ރައީސް ޞާލިޙާއި އަސްލަމް ---

05 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް އިބޫގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.

އަސްލަމް ރަނިންމޭޓަކަށް ހަމަޖައްސާފައިވާކަން އެމްޑީޕީން ވަނީ އާއްމުކޮށް އިއުލާނުކޮށްއަސްލަމްއަށް މަރުޙަބާ ދަންނަވާފައެވެ.

އަސްލަމް ރަނިންމޭޓަކަށް ކަނޑައެޅުއްވުމަށް ނިނެމްވުމާއި ގުޅިގެން ކެންޑިޑެންސީ ހުށައެޅުއްވުމަށްޓަކައި އޭނާގެ ރެކޯޑްތައް ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

2018 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އުފެއްދި ކޯލިޝަންގައި ރަނިންމޭޓަކު ކަނޑައެޅުމަށް ކޯލިޝަނުން ފުރުޞަތު ދިނީ، ޖުމްހޫރީ ޕާޓީއަށެވެ. އަދި މިހާރުގެ ނައިބުރައީސް ކޯލިޝަންގެ ރަނިންމޭޓުކަމުގެ މަޤާމު ހޯއްދެވީ ޖޭޕީ ކައުންސިލްގައި ނެގި ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނާއި ވާދަކުރައްވައި އެއްވޯޓުގެ ތަފާތަކުންނެވެ.

ނައިބު ރައީސް ކަމުގެ މަޤާމަށް ފައިޞަލް ވަޑައިގެންނެވީ، ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެޕާޓީއަށް ދެއްވި ފުރުޞަތުގައި ކަމަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ދެވަނަ ދައުރެއް ދިނުމާއި މެދު، ދެކޮޅު ހަދައި ޖުމްހޫރީޕާޓީން ވަނީ ވަކިން ކެންޑިޑޭޓަކު ނެރޭނެކަން ޢިއުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެވަނަ ދައުރަކަށްވެސް ރަނިންމޭޓަކަށް ވުމަށް ފުރުޞަތު ދެއްވާނީ، ފައިޞަލް ނަސީމަށް ކަމުގައި ގިނަ ބަޔަކު އުއްމީދު ކުރިއެވެ. އެހެންނަމަވެސް ކޯލިޝަނުގައި ޖޭޕީނެތުމާއި އެކުގައި އެމްޑީޕީގެ މެމްބަރަކަށް އެމަޤާމް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއެވެ.

ދެވަނަ ދައުރަށް އަސްލަމް ރަނިންމޭޓަކަށް ހޮއްވެވިއިރު، އެމަޤާމަށް އަސްލަމްއަކީ ވަރަށް ޤާބިލް ބޭފުޅެއް ކަމުގައި، ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ. އަސްލަމަކީ ރައްޔިތުންގެ މަޖިލީޙުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރެވެ. އަދި ސިޔާސީ މައިދާނުގައި ތަޖުރިބާހުރި ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.