Advertisement

ރައީސް ޔާމީނު ސްޕްރީމް ކޯޓުގައި ވާހަކަފުޅު ދައްކަވަނީ ---

04 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނުގެ ކެންޑިޑެންސީއާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ސްޕްރީމްކޯޓުގައި ނިންމާލައިފި

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅި މައްސަލަ އެކޯޓަށް ބަލައިގަނެ ކުރިޔަށް ގެންދިޔަ އަޑުއެހުންތައް ނިންމާލައިފިއެވެ.

މިމައްސަލަ ސްޕްރީމްކޯޓަށް ބަލައިގަނެ ޝަރީއަތުގެ އަޑުއެހުންތައް ފެށީ ހުކުރު ދުވަހުގެ ހަވީރު 3:45 ގައެވެ. އެމައްސަލައިގެ އަޑުއެހުންތައް ނިންމާލީ އެރޭގެ އެގާރަގަޑި ބައިވެ ބޮޑުވި ފަހުންނެވެ. 

މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނު ވިދާޅުވީ، އިތުރު އަޑުއެހުމެއް ދެން ބާއްވާނީ، އެ މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފުކުރަން ބޭނުންވާ ކަމެއް އޮތް ނަމަ ކަމަށެވެ.

މިމައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ފަރާތްޕުޅުން، އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ހުށައެޅި މައްސަލައެއް ނަމަވެސް، އެކޯޓުގެ އަމުރަށް މައްސަލައިގެ ތެރެއަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ތަދައްޚުލްވެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުޙުކުމާއި، 5 މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް އޮތުމާއިއެކު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރައީސް ޔާމީނުގެ ޝަރުޠު ފުރިހަމަ ނުވާކަމަށެވެ. ރައީސް ޔާމީނުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާ ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 109 ވަނަ މާއްދާގެ ޅ. ހަވާލާދީފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، 109 މާއްދާގައި ބުނާ ޙުކުމަކީ ނިހާއީ ހުކުމަށް ނުވުމާއި، ރައީސް ޔާމީނު ދައުލަތަށް ދައްކަން ޙުކުމް ކޮށްފައިވާ 5 މިލިއަން ޑޮލަރަކީ ސާބިތު ދަރަނި ކަމުގައި ނުވާކަމަށް ބުނާ ބުނުން ހިމެނެއެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރެއްވި ނުކުތާ ތަކުގެ ތެރޭގައި، ޤާނޫނު އަސާސީއާ ޤާނޫނުގައި ސާފު ސަރީޙަ އިބާރާތުން ބަޔާންކޮށްފައި އޮތް ކަމެއް އެނޫން ގޮތަކަށް ސްޕްރީމްކޯޓުން މާނަކުރެވެން ނޯންނާނެކަން ހިމެނެއެވެ. އަދި ނިހާއީ ޙުކުމެއް ނެތުމަކީ، އޮތް ޙުކުމަށް ނުބަލައި ޝަރުޠު ފުރިހަމަވާނެ ކަމަށް ބެލެވޭނެ ކަމެއް ނޫންކަންވެސް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅުއްވި މިމައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ހޮނިހިރު ދުވަހުގެ ރޭ ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި އޮތް މުއްދަތު، އަންނަ ހޯމަދުވަހުގެ މެންދުރު 14:00އަށް ހަމަވާނެއެވެ. މިހާތަނަށް އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައެޅުއްވީވެސް ރައީސް ޔާމީނު އެކަންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.