Advertisement

24 Sep 2023
ޚަބަރު

އަޅުގަނޑު ނިންމީ ހާލަތުގެ އަޅަކަށް ނުވެ، ރިފޯމްކޮށް އިސްލާޙުކުރާ އެޖެންޓަކަށް ވާން: އަމީން

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ޤާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމް, ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް ސާލިހަށް ތާއީދުކުރާކަން އަމީން ހާމަކުރެއްވީ، ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

އަމީން އިބްރާހިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެހެން ބައެއް ބޭފުޅުންވެސް ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ. އޭގެތެރޭގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި ޕާޓީގެ ކައުންސިލްގެ މެންބަރުންތަކެއްވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

މި ޖަލްސާގައި ވާހަކަދައްވަމުން އަމީން އިބްރާހިމް ވިދާޅުވީ، ޤައުމީ އިސްލާހީ މަސައްކަތްތަކުގައި މީގެކުރިންވެސް އެމްޑީޕީއާއިއެކު މަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި މި އިންތިހާބު ރައީސް އިބޫއަށް ކާމިޔާބު ކޮށްދެއްވުމަށް އެންމެ ގަދައަށް މަސައްކަތް ކުރައްވާނެ މީހުންގެ ތެރޭގައި އެ ބޭފުޅާ ހިމެނޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްއަށް ތާއީދުކުރުމަށް ނިންމެވީ ކީއްވެގެންކަން ވެސް އަމީން ޙިއްސާކުރެއްވިއެވެ.

"އަޅުގަނޑުގެ ހިތަށް އެރީ، އަޅުގަނޑުމެން މި ފަހަރު ވާނީ ހާލަތުގެ އަޅަށް ތޯ، ނޫނީވިއްޔާ ތަން ރިފޯމްކޮށް އިސްލާހުކުރާނެ އެޖެންޓަކަށް ތޯ. އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރީ، އަޅުގަނޑުމެން ވާންޖެހޭނީ އިސްލާހު ގެންނަން، ތަރައްޤީކުރަން، ހެޔޮ ބަދަލު ހޯދަން މަސައްކަތްކުރާ ބަޔަކަށް ކަމަށް"، އަމީން ވިދާޅުވިއެވެ.

އަދި ޒަމީރު އެބުނާގޮތަށް ކުރިޔަށްދާން ވިސްނިއިރު، އެންމެ ބޮޑަށް ޤަބޫލުކުރެވުނީ އެއްކޮޅުގައި އޮތީ އަނިޔާވެރިކަން ކަމަށާއި، އެއީ އިހްތިޔާރުކުރުން ރަގަޅު މަގެއް ނޫންކަމަށް ޤަބޫލުކުރާކަމަށް އަމީން ވިދާޅުވިއެވެ.

"މިއަދު އަމާން ރާއްޖެއަކަށް އަޅުގަނޑުމެން ދިއުމަށްޓަކާ، މި ފޫގަޅާފައިވާ ފޫގެޅުމުގައި ހަޤީގަތުގައި ހަޤީގަތްތަކެއް އެބަ އެކުލެވޭ. އަޅުގަނޑުމެން ވަރަށް ފުންކޮށް އެބަ ވިސްނާލަންޖެހޭ ކޮބާތޯ އެ ހަޤީގަތްތަކަކީ. އެ ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް ދާކަށް އަޅުގަނޑުމެން ބޭނުމެއްނޫން، އަދި އެ ތާރީޙު ފަށްފަށް ކުރާކަށް ވެސް ބޭނުމެއް ނޫން. އެ ސިޔަރަތުގެ އެންމެ ގަނޑެއްވެސް، އެއިން އެންމެ ޗެޕްޓަރެއް ވެސް އަޅުގަނޑުމެން ހުޅުވާކަށް ބޭނުމެއް ނޫން"، އަމީން ނިންމެވި ނިންމެވުމާ ގުޅިގެން ދެންނެވިއެވެ.

ރައީސް ޞާލީހްއާ އެކީ ވަޑައިގެންނެވުމަށް ނިންމެވި އަނެއް ސަބަބަކީ، ރާއްޖޭގެ މިނިވަންކަމާ މި ސަރުކާރާ ގުޅުވައިގެން މި ދެކެވޭ ވާހަކަ ތަކުގެ ހަޤީގަތް ހޯދާ، އެ ވާހަކަތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަން ރައީސް ކަށަވަރުކޮށްދެއްވާފައިވުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑު އިއްޒަތްތެރި ރައީސަށް ތިންކަމެއް ހުށަހެޅިން. އެއީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ހިމާޔަތްކޮށްދޭނެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދެއްވުން. ދެވަނަކަމަކީ ބޭރުގެ ނުފޫޒުތަކުގެ ބާރުން އަޅުގަނޑުމެން ސަލާމަތްވުން، ހަމަ އެއާ އެކުއެކީގައި ހާރިޖީ ގުޅުންތަކުގައި ހަމަހަމަކަމާއި އިންސާފް ޤާއިމްކުރެވިގެން ދިއުން. އެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވައިފި"، އަމީން ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނާއި ގުޅުނު ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއެކު ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯދޭނެކަން ޔަގީންކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ނިންމާފައި މިވަނީ، ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައިވަނިކޮށެވެ.

ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހެދިނަމަވެސް، އެ ޕާޓީގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ގާސިމްގެ އަރިހުގައި މީގެކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ މެންބަރު ރިޔާޒު ރަޝީދާއި އިލްހާމް އަހްމަދުވެސް ވަނީ ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.