Advertisement

18 Sep 2023
ޚަބަރު

އަޅުގަނޑަށް ކެތްވަންޏާ ތިބޭފުޅުންނަށް ވެސް ކެތްވާންވާނެ: މެޑަމް ފަޒްނާ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ހިޔާ ސަރަހައްދަށް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދަށް ހަމަލާދިނުމަށް އިދިކޮޅު ކެންޑިޑޭޓު، ޑރ މުޙައްމަދު މުޢިއްޒުގެ ސަޕޯޓަރުން މަސައްކަތްކޮށް، އެމީހުންގެ ފުރައްސާރައިގެ އަޑު ގަދަވުމުން، އެކަމަށް މެޑަމް ފަޒްނާ އަރިހުގައި ތިއްބެވި ބޭފުޅުން ރައްދުދޭން ފެށިއެވެ. ނަމަވެސް މެޑަމް ފަޒްނާ ނަސޭހަތްތެރިވީ އެމީހުންނަށް ރީތި މިސާލުދައްކާ، ކެތްތެރިކަމުގެ މާތް ސިފަ އިސްކުރުމަށެވެ. އަދި އެކަމަނާގެ ފުށުން ހިތްވަރު ހޯދުމަށް ބާރުއެޅޭ ގޮތަށް މުހާތަބުކޮށްފައިވެއެވެ.

އެގޮތުން މެޑަމް ދެންނެވީ، "ހަޅޭއްނުލަވާށޭ، އަޅުގަނޑަށް ކެތްވަންޔާ ތިބޭފުންނަށްވެސް ކެތްވާންވާނެ"، މިހެންނެވެ.

މިއަދުގެ ހާދިސާ ވަރަށް ތަފްސީލުކޮށް މެޑަމް ފަޒްނާވަނީ ފޭސްބުކްގައި ޙިއްސާކޮށްފައެވެ. އެގޮތުން އެ އަމަލު ހުއްޓުވުމަށް މެޑަމް އަރިހުގައި ހުންނެވި އެމްޕީ ނިޔާޒް، ހުޅުމާލެ ކައުންސިލް މެންބަރ އަށް ގުޅުމުން "އެހެން ހޭ، ތަންކޮޅެއްދެން ހޔތކޑ ދޯއޭ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީ އޭ" ބުނެ ހަބަރެއް ނުވާކަމާއި އަދި އިދިކޮޅު ކެންޑިޑޭޓަށް ގުޅާ މެސެޖުކުރުމުން ވެސް ހަބަރެއް ނުވާކަމަށް މެޑަމް ފަޒްނާ ޙިއްސާކޮށްފައިވެއެވެ

މެޑަމް އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މެޑަމްއަށް ފުރައްސާރަކުރި ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ މެޑަމް އެ ސަރަހައްދަށް ދުރުވިކަންވެސް ގިނަމީހުނަށް ނޭންގޭނެކަމަށާއި، މި ހުތުރު އަމަލުގެ ސަބަބުން މެޑަމްގެ ކެމްޕެއިން ޓީމަށް ވީ ފައިދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުރުވަން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުންކަމަށް ފާހަގަކޮށްފައިވެއެވެ

މަޣްރިބް ނަމާދައް ގޮވުމާއި، އެހެން މީޓިންނެއް 6:30 ގަ އޮތުމާއިއެކު އަޅުގަނޑު މިއަދަށް ނިންމާލީއެވެ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަމެވެ. މިކަމާ ގުޅުވައިގެން ސަލަފުބޮޑުމީހާ ދައްކާވާހަކަ އަށް ބުނެލަމެވެ. ﷲ ދެނެވޮޑިގަތުން ބޮޑެވެ. ދުވަހަކު ކޮޅުން އަޅުގަނޑު ދަންނަ މީހަކަށްވެސް އަޅުގަނޑަކީ އިސްލާމް ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން އެގޭނެއެވެ

މެޑަމް ފަޒްނާ

މެޑަމްގެ ކެމްޕެރިން ހަރަކާތް ސިފަ ކުރައްވަމުން ވިދާޅުވީ، ފުރަތަމަބުރުގައި މެޑަމްއަކީ އުޅޭމީހެއްކަންވެސް ނޭންގޭނެކަމަށާއި، ދެވަނަ ބުރުގައި ތަންކޮޅެއްގަދައަށް ކެންޕޭން ގައި އުޅެންފެށުމުން ބޮޑު ތުހުމަތެއްކޮށް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމަކީ ސީރިއަސް މައްސަލައެއްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.