Advertisement

23 Sep 2023
ޚަބަރު

ނުވަދިހަނުވަ ވޯޓުފޮށްޓެއްގެ ވޯޓުލުން މިފަހަރު 2 ސެޓަޕަށް

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓުލާއިރު ވޯޓުލުމުގެ ކަންކަން އަވަސްކަމާއިއެކު ކުރިއަށްގެންދިއުމަށް 99 ވޯޓު ފޮށްޓެއް 2 ސެޓަޕަށް ބަދަލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހަބީބް ވިދާޅުވީ، މިގޮތަށް ބަދަލުކޮށްފައިވަނީ 500 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށިތައްކަމަށެވެ. 

ހަބީބް ވަނީ ކުދި ޖާގަތަކުގައި ހުރި 43 ފޮށްޓެއް އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށްވެސް ވިދާޅުވެފައެވެ. 2 ވަނަ ބުރުގައި ވޯޓުލާއިރު ބޫތަށްވެސް ބަދަލު ގެނެސްފައިވާކަން ހަބީބް ފަހަގަކުރެއްވިއެވެ. އެގޮތުން ބޫތު ހުންނާނީ ފާހަގަ ޖަހާއިރު މީހާ ބޫތުގެ އެތެރެއަށް ވަންނަ ފަދަ ގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ފާހަގަ ޖަހާއިރު ކަރުދާސް ބާއްވާ ތަންވެސް ހުންނާނީ ބްރިސިލް ބޯޑެއް ބާއްވައި ފަސޭހައިން ފާހަގަ ޖެހޭނެގޮތަށް ކަމަށާއި އެތަންތަން އީސީން މިހާރު ޗެކްވެސް ކޮށްފައިވާކަން ހަބީބް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން އޮންނަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެއީ މިމަހުގެ 30 ވަނަ ދުވަހެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އީސީއަށް ފާހަގަކުރެވުނު އަދި ޝަކުވާ ލިބުނު ކަންކަމަށް ބަލައި 2 ވަނަ ބުރުގެ ވޯޓުލުމުގައި މިކަންކަން ރަނގަޅުކުރުމުގެ މަސައްކަތް އީސީއިން ދަނީ ކުރައްވަމުންނެވެ.

ރީރަޖިސްޓްރޭޝަންއަށް ފަހު 2 ވަނަ ބުރުގައި ވޯޓުފޮށީގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 586 ވޯޓުފޮށްޓެކެވެ. ނަމަވެސް މިހާރު 574 އަށް ވަނީ އިތުރުވެފައެވެ. މިއީ 12 ފޮށީގެ އިތުރުވުމެކެވެ. އިތުރަށް ވޯޓުފޮށި ބަހައްޓަނީ މާލޭގައި 4 ފޮށި، ހުޅުމާލެ ފޭސް1 ގައި 2 ފޮށި، ހުޅުމާލެ ފޭސް2 ގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި ޓްރިވެންޑްރަމްގައި 1 ފޮށްޓެވެ.

ވޯޓުލާން ވަޑައިގެންނެވުމުގެ ކުރިން ވޯޓުލާންދާންޖެހޭ ތަން ޗެކްކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. 1414 އަށް ގުޅައިގެން ނުވަތަ ވީއާރު ހުސްތަންކޮޅެއް ދޫކުރުމަށްފަހު އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް މެސެޖްކޮށްގެންވެސް މި މައުލޫމާތު ސާފުކުރެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.