Advertisement

03 Oct 2023
ޚަބަރު

އިންތިހާބުގެ 2 ވަނަ ބުރު ކުރިއަށްދިޔައީ ދެފުށް ފެންނަ ގޮތައް: އީޔޫ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މަސައްކަތް ދިޔައީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށްކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު އިންތިޚާބަށް ލިބިފައިވާކަމަށް އިންތިޚާބު އޮބްޒަރވް ކުރި ޔޫރަޕިއަން ޔޫނިއަންއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔޫރަޕިއަން ޔޫނިއަންގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށެވެ. އެހެންކަމުން އިންތިޚާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށެވެ.

"2 ވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމްކުރެވިފައިވަނީ ހަރުދަނާކަމާއިއެކު ޕްރޮފެޝަނަލްކޮށް. އިންތިހާބު ހިންގުމުގެ ކަންތައްތަކުގެ ދެފުއްފެންނަ މިންވަރު އިތުރުކުރުމުގެ ސަބަބުން އިންތިހާބުގެ މަރުހަލާތަކުގެ ސައްހަކަމާއި މެދުގައި އާންމުންގެ އިތުބާރު އިތުރުވެގެންދިޔަ." ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވިއެވެ.

ދެވަނަ ބުރުގެ ކެންޕެއިން ކުރިއަށްދިޔައީ ވަރަށް ބޮޑަށް ވަކިވަކި މީހުންނަށް މެސެޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި އެކުގައިކަމަށް އީޔޫއިން ވަނީ ފާހަގަކޮށްފައެވެ. ވޯޓުލާ މީހުންނާއި ޒިޔާރަތްކޮށް ބައްދަލުކޮށް އަދި ސީދާ އެމީހުން ދިރިއުޅޭ މުޖްތަމައުއަށް ކެނޑިޑޭޓުން ޒިޔާރަތްކުރިކަން ވަނީ ފާހަގަކޮށްފައެވެ. މާލީ ގިނަ ވައުދުތަކެއް ކެނޑިޑޭޓުން ވެފައިވާއިރު އޭގެތެރެއިން ގިނަ ވައުދުތައް ހުރީ ވަކިވަކި ފަރުދުންނަށް ސީދާ ފައިދާވާގޮތައްކަން ވަނީ ބުނެފައެވެ. 

އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވް ކުރައްވަމުން ގެންދެވިއިރު އެންމެ ބޮޑަށް ފާހަގަވީ ދެކެންޑިޑޭޓުންގެ ކެމްޕޭންގައިވެސް ޒާތީގޮތުން ކުރަމުންދިޔަ އެންޓިކެމްޕޭންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދެކެންޑިޑޭޓުންނާއި ގުޅޭގޮތުން ޙަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާއާއި އޮންލައިން ބައެއް މީޑިއާތަކުން ފަތުރަމުންދިޔަކަން ނާޗޯ ސަންޗޭޒްވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު އޮބްޒަރވްކުރުމަށް އީޔޫގެ ފަރާތުން 36 އޮބްޒަރވަރުންވަނީ ޙަރަކާތްތެރިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވޯޓުލީ 119 މަރުކަޒެއް އީޔޫއިންވަނީ އޮބްޒަރވްކޮށްފައެވެ. އަދި މާލެ ހިމެނޭހެން 14 އަތޮޅަކުން 56 ރަށެއްގައާއި 5 ރިސޯޓެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައްކައިރީވެސް އީޔޫގެ އޮބްޒަރވަރުން ޙަރަކާތްތެރިވެފައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.