Advertisement

ފިނޭންސް މިނިސްޓަރ އަމީރު --- ފޮޓޯ: ޕީއެސްއެމް

22 Sep 2023
ޚަބަރު

އަޅުގަނޑުމެން ވައުދުވަނީ ހިސާބު ޖަހައިގެން: އަމީރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަފްތާއަކަށްވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އަންނަނީ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ފަރުދީ ފުދުންތެރިކަމާ ގުޅުންހުރި ގިނަ ވަޢުދުތަކެއް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ވެސް މިވަނީ ވެފައެވެ.

ކަން މިހެން އޮތް އިރު، ރައްޔިތުން އެންމެ ބޮޑަށް އުފައްދާ އެއް ސުވާލަކީ، މި ހުރިހާ ވަޢުދުތަކަކީ ފުއްދޭނެ ވަޢުދުތަކެއް ކަމާގުޅޭގޮތުންނެވެ.

މި ބަހުސްގައި ދެ ކެނޑިޑޭޓުންގެ ރާގު ތަފާތެވެ. ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަނީ ރާއްޖޭގެ އިޤްތިޞާދު އޮތީ ފުނޑުފުނޑުވެފައި ކަމަށެވެ. އަދި އެބޭފުޅާގެ ރިޔާސީ ވަޢުދުތައް ވެސް ބިނާވާނީ އިޤްތިޞާދަށް ގެންނަ ބަދަލުތަކުން ރާއްޖޭގެ އާމްދަނީ އިތުރުވަމުންދާ މިންވަރަށް ބަލައިގެން ކަމަށެވެ.

ނަމަވެސް ރައީސް ޞާލިޙްގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު، ގދ ގައްދޫގައި މިދިޔަ އޮގަސްޓް މަހު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވިދާޅުވެފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދުވަހަކު ވެސް ނާންނަވަރުގެ ބޮޑު ލޮޅުމެއް އައިނަމަވެސް، ރާއްޖޭގެ އިޤްތިޞާދު މިހާރު އަންނަނީ ކުރިއަރަމުން ކަމަށެވެ. އެގޮތުން މިހިނގާ 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު ގާތްގަނޑަކަށް 107 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

މިކަންކުރީ އިންކަމް ސަޕޯޓްގެ ގޮތުގައި 22،946 ފަރާތަކަށް 421 މިލިއަން ރުފިޔާ ދީގެން. ފްރޮންޓް ލައިން އެލަވަންސްގެ ގޮތުގައި 18،365 ފަރާތަކަށް 365 މިލިއަން ރުފިޔާ އަޅުގަނޑުމެން ދިނިން. އެސްއެމްއީ ސަޕޯޓާއެކު 2،133 ފަރާތަކަށް 368 މިލިއަން ރުފިޔާ ބޮޑެތި ވިޔަފާރިތަކަށް 419 ވިޔަފާރިއަށް 585 މިލިއަން ރުފިޔާ ދިނިން. ގޭބެސީތަކަށް ދެ ލައްކަ އަށް ވުރެ ގިނަ ގޭބިސީއަށް 146.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ފެނާއި ކަރަންޓުން ދިނިން.

ގދ ގައްދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

ރައީސް ޔާމީނުގެ ފަހު އަހަރު، 2018 ގައި، ރާއްޖޭގެ އިގްތިޞާދު ހުރީ 81 ބިލިއަން ރުފިޔާގައެވެ.

ކޮންމެ އަކަސް، ހިސާބުގެ ވާހަކަ މިނިސްޓަރ އަމީރު މި ފާހަގަކުރެއްވީ، ޑރ. މުއިއްޒު ސިފައިންނާއި ފުލުހުންގެ މުސާރަ ޑަބަލް ކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، އޭގެ 3 ދުވަސްފަހުން އެކަން ކުރެވޭނީ 3 ބުރަކަށް ބަހާލައިގެންކަމާއި، ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލާ ގުޅިގެން އާމްދަނީ އިތުރުވާ މިންވަރަށް ބެލުމަށްފަހުކަމުގައި ވިދާޅުވުމުންނެވެ. އަދި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުގެ އެހެން މުވައްސަސާތަކުގެ މުސާރަވެސް ބޮޑު ކުރާނީ ރާއްޖޭގެ އާމްދަނީ ކުރިއަރަމުންދާ މިންވަރަށް ބަލައިގެން ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އަމީރު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޞާލިޙް ވައުދުވެ ވަޑައިގަންނަވަނީ ހިސާބުޖަހައި، ދިރާސާކޮށް އަދި ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަން ހޯއްދަވައިގެން ކަމަށެވެ.

އަޅުގަނޑުމެން ވައުދުވަނީ ހިސާބު ޖަހައި، ދިރާސާކޮށް، ކަންކުރެވޭނެކަމުގެ ޔަގީންކަން ހޯދައިގެން. މިއަދު ވައުދުވެފަ، މާދަމާ ބަދަލުކުރާ ގޮތަކަށް ނޫން. އިންޝާﷲ ސިފައިންނާއި ފުލުހުންގެ މުސާރަ އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ، ޖެނުއަރީއިން ފެށިގެން ބޮޑުވެގެން ދާނެ.

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

އެހެންކަމުން، މިނިސްޓަރ އަމީރު އެ ވިދާޅުވާ ހިސާބު ރަގަޅަށް ޖައްސަވާފައިވާނަމަ، ވަރަށް އަވަހަށް ކަރަންޓު ބިލުން ބޮޑު ލުޔެއް ލިބޭނެއެވެ، ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި 7،000ރ. ލިބޭނެއެވެ، ތަންފީޒީ އިދާރާތަކާއި ސިވިލް ސަރވަންޓުންނާއި މިނިވަން މުވައްސަސާތަކާއި މުދިމުންގެ މުސާރަ އެންމެ ކުޑަ މިނުން %40 އަށް ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެއެވެ، މަސްވެރިންގެ އަތުން 25ރ އަށް މަސްކިލޯއެއް ގަންނަމުން ދާނެއެވެ، ސްޓޫޑެންޓް ލޯނުނަގާފައިވާ ފަރާތްތަކުގެ ލޯނު ކަނޑައެޅޭ އުސޫލަކުން މާފު ކުރާނެއެވެ، އެސްއެމްއީ ލޯނުގެ އިންޓަރެސްޓް އުނިކުރާނެއެވެ، ގެދޮރު އެޅުމަށް ޙާއްސަ ލޯނެއް ދޫކުރާނެއެވެ، ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއަށް ހިލޭ ކިޔެވޭނެއެވެ، އަދި މިހެން ގޮސް ވަރަށް ބައިވަރު ކަންތައްތަކެއް ހިމެނެއެވެ.

ޑިމޮކްރަސީއެއްގައި، ރައްޔިތު މިހާ މުހިންމުވެ، އެ މީހާގެ ބާރުވެރިކަން އަންނަ ހިސާބަކީ މިއީ ކަމުގައި މިއޮތީ ޔަޤީންކުރެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.