Advertisement

27 Sep 2023
ޚަބަރު

ވޯޓު ކަރުދާސްތައް ރަށްރަށައް ފޮނުވަން ފަށައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ. އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި 282،804 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބެއެވެ. އޭގެ ތެރޭގައި އަލަށް 409 މީހަކަށް ވޯތުލެވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިސީން މައުލޫމާތުދެ އެވެ. އިންތިހާބުގެ ފުރަތަމަ ބުރަށް ޗާޕުކުރީ ޖުމްލަ 285،219 ވޯޓު ކަރުދާހެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު 2 ވަނަ ބުރުގައި ވޯޓުފޮށީގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 574 ވޯޓުފޮއްޓެކެވެ. ނަމަވެސް މިހާރު މިއަދަދު 586 އަށް ވަނީ އިތުރުވެފައެވެ. މިއީ 12 ފޮށީގެ އިތުރުވުމެކެވެ. އިތުރަށް ވޯޓުފޮށި ބަހައްޓަނީ މާލޭގައި 4 ފޮށި، ހުޅުމާލެ ފޭސް 1 ގައި 2 ފޮށި، ހުޅުމާލެ ފޭސް 2 ގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށްޓެވެ.  

ވޯޓުލުމުގެ ކަންކަން އަވަސްކަމާއެކު ކުރިއަށްގެންދިއުމަށް 500 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށިތަކުގައި 2 ސެޓަޕަށް ވޯޓުލުމުގެ ކަންކަން މިފަހަރު ކުރިއަށްދާނެކަމަށް އީސީން ބުނެއެވެ. އެގޮތުން ވޯޓުލާ 99 މަރުކަޒެއް މިގޮތަށް ބަދަލުގެނެސްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.