Advertisement

ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ބައްދަލުވުމުގެ ތެރެއިން ---

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލީ ބަޔާންތައް އާއްމު ކުރީ ކޮމިޝަނުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހުގައި: ޙަބީބު

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އާއްމުކުރީ އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހުގައި ކަމަށް، އެކޮމިޝަންގެ ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

މާލީ ބަޔާންތައް މިއަދު ކޮމިޝަނުން އާއްމު ކުރުމާއި އެކު، މާލީ ބަޔާންތައް ހުށައެޅުމުގައި ކެންޑިޑޭޓުން އޮޅުވާލާފައިވާކަމަށް ބެލެވޭކަމަށް އާއްމުންނާއި މީޑިއާތަކުން ތުހުމަތުތައްކޮށްފައިވެއެވެ. އެގޮތުން އިންތިޚާބުގެ ކެމްޕޭނުގައި ފެނުނު މަންޒަރުތަކާއި ކުރިކަމަށް ބެލެވޭ ޚަރަދުތައް ދިމާވާކަމާއި މެދު އާއްމުންނާއި ބައެއް ނޫސްވެރިންވެސް ސުވާލު އުފައްދާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ކޮމިޝަނުން މާލީ ބަޔާންތައް އާއްމު ކުރީ އެކަމުގައި ކޮމިޝަނުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހުގައި ކަމަށެވެ. މާލީ ބަޔާންތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރި ފަސް ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކު 20000ރ އިން އަދި އެ ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުންގެ ތެރެއިން ކޮންމެ މީހަކު 6000ރ އިން ޖޫރިމަނާވެސް ކޮށްފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާންތައް ފުރިހަމަ ނުވެގެން ޖޫރިމަނާކުރި ކެންޑިޑޭޓުންނަކީ؛

1- ޢުމަރު ނަސީރު (އަމިއްލަ ގޮތުން)

2- ޙަސަން ޒަމީލް (އަމިއްލަ ގޮތުން)

3- އަހްމަދު ފާރިޝް މައުމޫން ( އަމިއްލަ ގޮތުން)

4- އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)

5- މުޙައްމަދު ނާޡިން (އެމްއެންޕީ) އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް މިއަދު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރިއިރު، މާލީ ބަޔާންތަކުގައި ވާގޮތުން އިންތިޚާބަށް އެންމެ ބޮޑު ހޭދައެއް ކުރައްވާފައި ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެންމެ މަދުން ޚަރަދު ކުރައްވާފައި ވަނީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލެވެ.

ރިޔާސީ އިންތިޚާބަށް ޚަރަދުކުރިކަމަށް ކެންޑިޑޭޓުން މާލީ ބަޔާންތަކުގައި ހިމަނާފައިވާ ޖުމުލަ އަދަދުތައް؛

1- އުމަރުނަސީރު (އަމިއްލަގޮތުން) -/285950ރ (ދެލައްކަ އައްޑިހަ ފަސްހާސް ނުވަސަތޭކަ ފަންސާސްރުފިޔާ)

2- ޙަސަން ޒަމީލް (އަމިއްލަގޮތުން) 16259/68ރ (ސޯޅަހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ ފަސްދޮޅަސް އަށްލާރި)

3- އިބްރާހީމް މުޙައްމަދު ޞާލިޙް (އެމްޑީޕީ) 10500276/54ރ (ދިހަމިލިޔަން ފަސްލައްކަ ދުއިސައްތައް ހަތްދިހަ ހަރުފިޔާ ފަންސާސް ހަތަރުލާރި)

4- ޑރ. މުޙައްމަދު މުޢިއްޒު (ޕީއެންސީ) -/21344367ރ (އެކާވީސް މިލިޔަން ތިންލައްކަ ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ)

5- ޤާސިމް އިބްރާހިމް (ޖުމްހޫރީޕާޓީ) -/20421050ރ (ވިހި މިލިޔަން ހަތަރުލައްކަ އެކާވީސް ހާސް ފަންސާސް ރުފިޔާ)

6- އަޙްމަދު ފާރިސް މައުމޫން (އަމިއްލަގޮތުން) 1166064/43ރ (އެއްމިލިޔަން އެއްލައްކަ ފަސްދޮޅަށް ހަހާސް ފަސްދޮޅަސް ހަތަރު ރުފިޔާ، ސާޅީސް ތިންލާރި)

7- އިލްޔާސް ލަބީބު (ދަޑިމޮކްރެޓްސް) 2518508/02ރ (ދެމިލިޔަން ފަސްލައްކަ އަށާރަހާސް ފަސްސަތޭކަ ފަސްރުފިޔާ ދެލާރި)

8- މުޙައްމަދު ނާޒިމް (އެމްއެންޕީ) -/13075900ރ (ތޭރަމިލިޔަން ހަތްދިހަފަސްހާސް ނުވަސަތޭކަރުފިޔާ)

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.