Advertisement

އެމްޑީޕީން މަޖިލިސް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް ބޭއްވި އެއްވުމުގެ ތެރެއިން --

22 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްޤުތައް ކަށަވަރުމުގައި އެމްޑީޕީ ދެމި އޮންނާނެ: އެމްޑީޕީ

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމުގައި އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން އެޕާޓީން ނެރެފައިވާ ބަޔާނުގައި، މިހެން ބުނެފައި ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މަޖިލީހުގައި އެއްވެސް ނިންމުމެއް ނިންމޭނޭ އަޣުލަބިއްޔަތެއް ހޯދޭ ވަަރަށްވުރެ އެޕާޓީއަށް ކާމިޔާބު ކުރެވުނު ގޮނޑިތަކުގެ އަދަދު މާ މަދެވެ. 

އެމްޑީޕީގެ ބަޔާނުގައި ބުނީ، މިއަދު މި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު ކާމިޔަބު ކުރެއްވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމެވެ. އަދި މި އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެންމެހައި ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާއި ކެނޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި އެމްޑީޕީއަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް މިޕާޓީން ޝުކުރުއަދާކުރާ ކަމަށެވެ.

މީގެ އިތުރުން، މިއިންތިޙާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވެސް މަރުހަބާ ކިޔާ ކަމަށާއި، އެ ޕާޓީން އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުން ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމުގައި ވާއިރު, މިއަދުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ޔަޤީންކަން ދޭ ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.