Advertisement

ފޮޓޯ: ރައީސް އޮފީސް

05 Oct 2023
ޚަބަރު

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް: އީސީ

ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި އެކަން އިއުލާން ކުރެއްވިކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބުގެ ހުރިހާ ކަމެއްވެސް އަމާންކަމާއި އޮމާންކަމާއިއެކު ނިމިގެން ދިޔަކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. މިއީ މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއިއެކު ނިމިގެންދިޔަ ރިޔާސީ އިންތިހާބުކަން ހަބީބް ފާހަގަކުރެއްވިއެވެ.

އިންތިޚާބުން ޢާންމުކޮށް ބަލިވާ ފަރާތްތަކުން ފާއިތުވެދިޔަ އިންތިޚާބުތަކުގައި އިލެކްޝަނާއިމެދު އެކި ތުހުމަތު ކުރައްވައި އެކިކަންކަން ހިނގާފައިވާކަން ހަބީބު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި ރައީސް ޞާލިހު އެކަން އިއުލާން ކުރެއްވި ކަމީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއިއެކު ނިމިގެންދިޔަ އެންމެ ބޮޑު ސަބަބުކަމަށް ހަބީބު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ރައީސް ޞާލިހު ދެއްކެވި ރީތި މިސާލެއްކަން ފާހަގަކުރައްވައި ހަބީބު ވަނީ ރައީސް ޞާލިހާއި އެމްޑީޕީގެ ޢާންމު މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިހާތަނަށް ބޭއްވުނު ބައެއް އިންތިޚާބު ތަކުގައި އެއިންތިޚާބުތައް ކާމިޔާބު ނުވުމުން ބައެއް ކަހަލަ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނަށް ކޮށްފަ އެބަހުރި. އެހެން ނަމަވެސް މިފަހަރު ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް. ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް ޑިމޮކްރަސީގެ ހަމަތަކުން އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި އެކަން އިއުލާން ކޮށްދެއްވި ކަމަށްޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝުކުރު ދަންނަވަން. މި ޝުކުރުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ވެރިންނާއި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވަން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދެއްކެވީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް." ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ %39.05 ވޯޓެވެ. ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ %45.96ވޯޓެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯއްދަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.