Advertisement

ފޮޓޯ: މިހާރު

01 Oct 2023
ޚަބަރު

ބާތިލްވޯޓު އިތުރުވުމުގެ ކަންބޮޑުވުން، ހައްލެއް ހޯދަން މަސައްކަތްކުރަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބާތިލް ވޯޓުގެ އަދަދު ފުރަތަމަ ބުރަށްވުރެ އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 4835 ބާތިލް ވޯޓު ލާފައިވެއެވެ. ދެވަނަބުރުގައި އެއަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ދެވަނަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 7888 ވޯޓު ލާފައިވެއެވެ.

މިހާ ގިނަ ޢަދަދެއްގެ ވޯޓު ބާތިލްވުމުން ޢާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އީސީން ވަނީ ބުނެފައެވެ.

މިކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކޮމިޝަންގައި މަޝްވަރާކޮށް މިކަމަށް ހައްލު ހޯދޭނެ ގޮތްތަކެއް ބަލައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކޮމިޝަނުން ހައްލު ތަކެއް ހޯދާނެކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މައްޗެވެ.

އިލެކްޝަންސް ކޮމިޝަންގެ ޓީމަކީ ގޮންޖެހުންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ޤާބިލް ޓީމެއްކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ، ޢާންމު ކުރައްވާފައެވެ. އަދި މިއަދު ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް، އިޢުލާން ކުރެވިގެންދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.