Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

18 Sep 2023
ޚަބަރު

ހެލިކޮޕްޓަރު ގެނައުމާއި އުތުރު ތިލަފަޅު އެއްބަސްވުންވެސް ހެދީ ޔާމީނު ސަރުކާރުގައި: ގާސިމް

ރާއްޖެއަށް ހެލިކޮޕްޓަރު ގެނައުމަށާއި އަދި އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސޯސަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބިކަމަށާއި އަދި އުތުރު ތިލަފަޅާއި ގުޅުވައިގެންވެސް މި ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގައި ސަމާމަތީ ކަންކަން ބެލެހެއްޓުމަށް އެއްވެސް ޤައުމެއްގެ ސިފައިނެއް ނުތިބޭނެކަމަށެވެ. އަދި ރާއްޖެއަށާއި ދިވެހިންނަށް ގެއްލުން ލިބޭނެފަދަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލޭފަދަ ކަމެއް މި ސަރުކާރުން ކޮށްފައިނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ޖޭޕީއިން ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް ބޭއްވި ކޮންގްރެސް އަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހިމްވެސް ވަނީ މިއީ ކުރީގެ ސަރުކާރުން ރައީސް ޔާމީން ކޮށްފައިވާ ކަންކަން ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުރިއިރު ރާއްޖޭގައި ހެލިކޮޕްޓަރު ގެންގުޅެފައިވާކަމަށެވެ.

“ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ހެލިކޮޕްޓަރެއް ކުރީގައި އައްޑު އަތޮޅުގައި ގެންގުޅުނު 2 ހެލިކޮޕްޓަރު. މުއްދަތު ހަމަވެގެން މުއްދަތު އެކްސްޓެންޑް ކޮށްދީފައި އަނެއްކާ އައު ހެލިކޮޕްޓަރެއް ގެނައުމަށް ނިންމާފައި އޮތް. އެ ނިންމާފައި އޮތީ ލ. އަތޮޅުގައި އޮތް އެތި. އޭގެއިތުރަށް ވާހަކަދެކެވެމުން ދިޔަ މި ރާޑަރުގެ ވާހަކައާއި ކަނޑުގެ ސަރވޭ ހެދުމުގެ ވާހަކައާއި އުތުރު ތިލަފަޅުގެ މައްސަލައާއި އެ ހުރިހައި ކަންތައްތަކެއް އެކުލެވިގެން ގޮއްސަ ވާހަކަދައްކާފައި އެމްއޯޔޫތަކުގައި ސޮއިކުރެވިފައި ހުރީ ޔާމީންގެ ސަރުކާރުގައި. މި ސަރުކާރު އައިއްސަ އޭތި ރިޕްލޭސްކުރީ. އެހެންވީމަ މި ސަރުކާރުން އެ ކަންތައްތައް ކުރެވިފަ ހުރީ ކުރީގައި ހުރި ފޯމެޓަށް ގާތްގަނޑަކަށް ހުރިހައި އެއްޗެއް ނިމިފައި ހުރީ.” ގާސިމް ވިދާޅުވިއެވެ.

މި ސަރުކާރު ބަދުނާމު ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރާއިމެދު ދޮގު ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް މި ކަންކަމުގެ ހަޤީގަތް ރައްޔިތުންނަށް ހާމަކޮށްދޭނެކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.