Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

17 Sep 2023
ރިޕޯޓް

އިންތިހާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަމުގެ އެހާރާއި މިހާރު

ޑިމޮކްރަސީގެ މަގުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވެ ހިންގަން ފެށިފަހުން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް 3 އިންތިހާބެއް ބާއްވައިފިއެވެ. އެއިން ކޮންމެ އިންތިހާބެއްގައިވެސް ބޮޑެތި މައްސަލަތަކެއް އިންތިހާބުގެ ކޮންމެ ބުރެއްގައިވެސް ކުރިމަތިވެއެވެ. ވޯޓާއި މެދު ރައްޔިތުން ޝައްކު ކުރުމާއި، ދެފުށް ފެންނަ އިންތިހާބެއްކަމާއި މެދު އުފެދޭ ސުވާލުތަކެވެ. އަހަރުން އަހަރަށް ރާއްޖޭގައި އެކި ފެންވަރުގައި ބޭއްވޭ އިންތިހާބުތަކުގައި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ގެންދެވީ އިންތިހާބުތައް އަމާންކަމާއެކު ގެންދެވޭނެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިވީ 15 އަހަރުގެ ތެރޭގައި ގިނަ ކަންކަމެއް އިލެކްޝަނުންވަނީ އިސްލާހުކޮށްފައެވެ. ނަތީޖާއެއްގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބުން ބޮޑެތި ކުރިއެރުންތަކެއްވަނީ ފެނިގެންގޮސްފައެވެ. މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބު އޮބްޒާވްކޮށް މޮނީޓާ ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ 140 އަށްވުރެގިނަ މީހުންވަނީ ހަރަކާތްތެރިވެފައެވެ.

އިންތިހާބަށްފަހު އެ ހުރިހާ މީހުން ފާހަގަކުރި އެއްކަމެއް އޮތެވެ. އެއީ މިފަހަރުގެ އިންތިހާބު ދިޔަ އަމާންކަމާއި އޮމާންކަމެވެ. އިންތިހާބުގެ ކަންކަން ބެލުމަށް އައި އީޔޫގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިޝަނުން ބުނީ އިންތިހާބުގެ ކުރިން އެކި ޕާޓީތަކުން ފޯރިގަދަކޮށް ކެމްޕެއިންކުރިއިރުވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާކަން ފާހަގަވާކަމަށެވެ. އަދި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގައި މުވައްޒަފުންގެ ދަތިކަން ހުރިނަމަވެސް އިންތިހާބުގެ ތެރޭގައި އެކަމެއް ފާހަގަނުކުރެވޭކަމަށެވެ. އަދި އިލެކްޝަނުން އިންތިހާބުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަން އެޓީމުން ފާހަގަކުރިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވި އީޔޫ ޓީމުން ބުނީ ރާއްޖޭގައި ބޭއްވި އިންތިހާބުގައި އާއްމު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްގައިމު މަންޒަރެއްކަމަށެވެ. އެގޮތުން ހެނދުނު 06:30 ހުންފެށިގެން އެތައް ބަޔަކު ކިޔުތައް ހަދާފައިވާކަމަށާއި، ހަވީރު 4 ޖެހުމާއި ހަމައަށް ދިޔައިރުވެސް ކިޔުތަކުގައި އެތައް ބަޔަކު ތިބިކަމަށެވެ. އަދި އެއިން އެއްވެސް އިރެއްގައި ކިޔުގައި މަޑުކުރަންޖެހިގެން ހަމަނުޖެހުމެއް ހިނގާފައިނުވާއިރު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަންކަމުގައި އީޔޫ ޓީމުން ފާހަގަކުރިއެވެ. އަދި ހަމައެއާއެކު އިންސާފުވެރި މިނިވަން އަދި ދެފުއްފެންނަ އިންތިހާބެއް ބޭއްވިގެންދިޔަކަންވެސް އެޓީމުން ފާހަގަކުރިއެވެ.

ކޮންމެއަކަސް އިންތިހަބުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ. ނިމިގެންދިޔައިރު އިލެކްޝަނަށް ހުށައަޅާފައިވަނީ 51 މައްސަލައެކެވެ. އޭގެތެރޭގައި ކެމްޕޭންކުރުމާއި ގުޅޭ 3 މައްސަލައެއް ހިމެނެއެވެ. އަދި ވޯޓުލުމުގެ ހައްގާއި ގުޅޭ 10 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި ރަޖިސްޓްރޭޝަނާއި ގުޅޭ 8 މައްސަލައަކާއި އޮފިޝަލުންނާއި ގުޅޭ 11 މައްސަލައަކާއި ވޯޓުގެ ސިއްރުކުރުމާއި ގުޅޭ 14 މައްސަލައެއް ހުށައަޅާފައިވާކަމަށް އީސީއިން ބުނެއެވެ. އަދި ވަގުތުން ހައްލުކުރެވޭ ހުރިހާކަމެއް ވަގުތުން ހައްލުކޮށްފައިވާއިރު އެހެނިހެން މައްސަލަތައް ކަމާއި ގުޅޭ އިދާރާތަކައި ގުޅިގެންދަނީ ބަލަމުންނެވެ.

ޖުމްލަގޮތެއްގައި އިންތިހާބުގެ ފުރަތަމަ ބުރު މިފަހަރު ނިމިގެންދިޔައީ ވަރަށްވެސް އަމާންކަމާއި އޮމާންކަމާއެކީގައެވެ. ނަތީޖާއަކީ ސަރުކާރަށް އޮންނަ ތަފާތު ތުހުމަތުތައް މިއިންތިހާބުގައި ނެތުމެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ވޯޓުލުން ވަގުތީގޮތުން ހުއްޓާލި 2 ސަރަހައްދުގައިވެސް މައްސަލަ ހައްލުކޮށް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލާން ވަނީ ފަށާފައެވެ. އެހެންކަމުން މިއީ ތާރީހުގައި ލިޔެވޭނެ ފަދަ ރަނގަޅު އިންތިހާބީ މަންޒަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.