Advertisement

ރައީސް ވިލިނގިލީގައި ދޮރުން ދޮރަށް - ފޮޓޯ: އެމްޑީޕީ

24 Sep 2023
ޚަބަރު

ވަޒީފާގައި ދެމިހުއްޓަސް 65 އަހަރުން ފެށިގެން އަސާސީ ޕެންޝަން ލިބޭނެ

ބުރާސްފަތި ދުވަހުގެރޭ ވެރިކަން ކުރާ އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ، ދޮށީ އުމުރުގެ އެލަވަންސާއި އަދި ވަޒީފާއިން ރިޓަޔާކުރާ އުމުރާ ގުޅޭ އުއްމީދީ ނިންމެވުންތަކެއް ނިންމެވިކަން އިޢުލާން ކުރައްވާފައެވެ.

އެގޮތުން، އެ މަނިކުފާނު ވަނީ ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން އަންނަ އަސާސީ ޕެންޝަން 5،000ރ. އިން 7،000ރ. އަށް ބޮޑުކުރައްވާފައެވެ. ރައީސް ޞާލިހް ވިދާޅުވީ މިހާރު އުމުރުން ދުވަސްވީ މީހުންނަށްދޭ 5،000 ރުފިޔާއަކީ މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ ފައިސާއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެހޭކަން ރައްޔިތުން ފާހަގަކުރާކަމަށާއި، އެ އަދަދަށް ބަދަލު ގެންނެވީ އެ ސަބަބަށްޓަކައި ކަމަށެވެ.

ރައީސް ޞާލިޙް ދެން ނިންމެވިކަމަކީ، ވަޒީފާއިން ރިޓަޔާކުރާ އުމުރު ބަދަލުކުރުމެވެ. އެގޮތުން، މިހާރު 65 އަހަރުން ރިޓަޔަކުރަންޖެހޭ އިރު، ދެން އެމީހަކު ބޭނުންނަމަ 70 އަހަރާއި ހަމައަށް ރިޓަޔަނުކޮށް މަސައްކަތް ކުރެވޭނެއެވެ. މި ސިޔާސަތާއެކު، އުމުރުން 65 އަހަރުވުމަށްފަހު ރިޓަޔާ ކުރާނީ އެމީހަކު ބޭނުން ނަމަ އެވެ.

ނަމަވެސް މި ސިޔާސަތާއެކީ އަސާސީ ޕެންޝަން ލިބެން ފަށާ އުމުރަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަސާސީ ޕެންޝަން ލިބެން ފަށާ  އުމުރަކީ އަދިވެސް 65 އަހަރުކަން، ރައީސް އޮފީހުގެ ތަރުޖަމާން، މިއުވާން މުޙައްމަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންކަމުން، ވަޒީފާގައި ދެމި ހުއްޓަސް، އަދި ރިޓަޔަރ ކުރެއްވި ނަމަވެސް، 65 އަހަރުން ފެށިގެން އަސާސީ ޕެންޝަން ލިބޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.