އިބޫ 2023
އިބޫ 2023
02 Sep 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން
ސަރުކާރުގެ ވިސްނުން ހުރީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމުގެ މަގެއް ކޮށާދިނުމުގެ އިތުރުން ޒުވާން އެތައް ވިޔަފާރިވެރިން އުފެދި އަންހެނުންގެ ހުނަރުވެރި އުފެއްދުންތައް ބާޒާރަށް ގެނެވި ގައުމީ އިގްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގު ތަނަވަސްކޮށްދިނުމެވެ. މިސަބަބަށްޓަކައި އެސް.އެމް.އީ ލޯނުގެ ވަކި ބައެއް ހާއްސަކުރެވިފައިވަނީ އަންހެނުންނާ، ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
02 Sep 2023
އެމް.ޑީ.ޕީ. މެނިފެސްޓޯ 2023
އެމް.ޑީ.ޕީ. ގެ މެނިފެސްޓޯއަށް ކަޅިއެއް
ކުށުގެ ވެއްޓަށް ފާރަވެރިވުން
02 Sep 2023
ޚަބަރު
ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އަމާން ރާއްޖެއެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުފާވެރި އަމާން ރާއްޖެ ހޯދުމަށް ހުރިހާ ފަރާތްތަކުން ބައިވެރިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ގެނައުމަށް ތައްޔާރުވަމުންދާ ހެޔޮބަދަލުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލެއްވިއެވެ.
01 Sep 2023
ކީއްވެ އިބޫ؟
ރާއްޖެއިން ބޭރުގައި ހުއްޓަސް، ދިވެއްސަކަށް ވީތީ އެ ދުވަހު އަތުން ދުލެއް ނުކުރި
01 Sep 2023
ކީއްވެ އިބޫ؟
ރާއްޖެއިން ބޭރުގައި ހުއްޓަސް، ދިވެއްސަކަށް ވީތީ އެ ދުވަހު މިކީގެ އަތުން ދުލެއް ނުކުރި
ޒަމާން ބަދަލުވެ، ދުނިޔެ ތަހުޒީބުވަމުންދާ ބާރު މިނުގައި އަހަރެމެންގެ ބޭނުންތައް ވެސް އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި، މުހިންމު ކަންކަން ގިންތި ކުރުމުގައި ގެންގުޅޭ މިންގަނޑު ވެސް މިހާރު ބަދަލުވެއްޖެއެވެ. އެއީ އިނގިލި ކުރީގައި މިއޮތް ދުނިޔެ އެނބުރެމުންދާ ބާރު މިނުގައި، އަހަރެމެންގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ކޮންމެހެން އެކަން މިހާރު ކުރަންޖެހޭ ގޮތް ވެސް މެއެވެ.
01 Sep 2023
ޖަޒީރާ ދިރިއުޅުން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ގިނަ ޚިދުމަތްތަކެއް މިފަހުން ވަނީ ފަށާފައި
01 Sep 2023
އެމް.ޑީ.ޕީ. މެނިފެސްޓޯ 2023
އެމް.ޑީ.ޕީ. ގެ މެނިފެސްޓޯއަށް ކަޅިއެއް
ކުށުގެވެށިން ދުރުކުރުން
01 Sep 2023
އެމް.ޑީ.ޕީ. މެނިފެސްޓޯ 2023
އެމް.ޑީ.ޕީ. ގެ މެނިފެސްޓޯއަށް ކަޅިއެއް
ޒުވާން އެންޓަޕްރިނިއަރ
31 Aug 2023
ޚަބަރު
ތިނަދޫ ސިޓީގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ހުޅުވައިފި
ބުދަ ދުވަހުގެރޭ ސިޓީއެއްގެ ދަރަޖަ ދެވުނުކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގދ. ތިނަދޫގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ބުދަ ދުވަހުގެރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ރަސްމީކޮށް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެމް.ޑީ.އޭ. ގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދެވެ.
31 Aug 2023
ޚަބަރު
ރާއްޖޭގެ މުސްތަޤްބަލަށް 17،000 އަށް ވުރެން ގިނަ ބްރިޖް ރައީސް އަޅުއްވައިފި: ހަނަފީ
ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް 17،000 ބްރިޖް އަޅުއްވާފައިވާކަމަށް އެމްޑީޕީގެ މެންބަރު އަދި ކޮންޓްރޮލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދަޅުވީ، ގދ. ތިނަދޫގައި އެމްޑީޕީއިން ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
31 Aug 2023
ޚަބަރު
ކާޑެއްދޫ އެއާޕޯޓް، އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ ކެމްޕޭނުގެ ދަށުން، ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމަުންނެވެ. މިޖަލްސާގައި ތިނަދޫއަކީ ސިޓީއެއްގެގޮތުގައި ކަނޑައަޅުއްވާފައިވާ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާނުކޮށްދެއްވާފައެވެ.
31 Aug 2023
ޚަބަރު
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވާފައި ވަނީ އެމަނިކުފާނު ސޮއިލުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނެރުއްވި ޤަރާރުންނެވެ.
30 Aug 2023
ޚަބަރު
ފެންނަނީ ބޮޑެތި ސިޓީތަކުންވެސް ތާއީދު އޮތްތަން: ރައީސް
ރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތަކުގައި އެމަނިކުފާނަށް ތާއީދު އޮތްތަން ފެނިވަޑައިގެންފިކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަދި ލ. އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
30 Aug 2023
ޚަބަރު
“އިބޫ ފަދަ ހެޔޮ ވެރިއަކަށް ނޫނީ މުޖްތަމައުގައި ހާލުގައި ޖެހިފައިވާ އަންހެނުންގެ އަޑު ނީވޭނެ”
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ 2 ވަނަ ދައުރެއްގައި ކުރާނެ ކަންކަން "އުފާވެރި އަމާން ރާއްޖެ މެނިފެސްޓޯ" މިހާރު ވަނީ އާންމުކޮށްފައެވެ. މި މެނިފެސްޓޯގައި އަންހެނުންނަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހިމަނާފައެވެ.
29 Aug 2023
ޚަބަރު
މެމްބަރުން އެމްޑީޕީއާ އަލުން ގުޅެނީ ރިޝްވަތު ދީގެންކަމަށް ކުރާ ތުހުމަތުތައް ރައީސް ދޮގުކުރައްވައިފި
ރައީސް ނަޝީދާއި އެކު ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވަނީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެކަމާ ކޯފާ އިސްކުރައްވަިއ ރައީސް ނަޝީދު ވަނީ އެމެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ރިޝްވަތު ދީގެން ކަމަށް ތުހުމަމަތު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ނަޝީދު ހުންނެވި އިރު މަޖިލީހުން ވަނީ މެމްބަރުން ރިޝްވަތުގައި ހިފާކަމަށް ބުނެ ފުލުހުންނަށް މައްސަލައެއްވެސް ހުށައަޅާފައެވެ.
29 Aug 2023
ޚަބަރު
ކޮޅުމަޑުލާއި ހައްދުންމައްޗަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި
ކޮޅުމަޑުލަށާއި ހައްދުންމަތީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންދަތުރުފުޅުގައި ވަޑައިގެންނެވީ، އާދީއްތަ ދުވަހުއެވެ. އެންމެ ފުރަމަ އެމަނިކުފާނު ވަޑައިގެންނެވީ ކޮޅުމަޑުލު ވިލުފުއްޓަށެވެ. މީގެ އިތުރުން މަޑިފުށި، ދިޔަމިގިލި، ގާދިއްފުށި، ތިމަރަފުށި، އަދު ވޭމަންޑޫއާ ކިނބިދޫގެ އިތުރުން ހިރިލަންދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.