Advertisement

02 Sep 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން

18 މާރިޗު 2019 - އެސް.ޑީ.އެފް.ސީ. އިފްތިތާޙުކޮށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުން

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އެސް.އެމް.އީ ބޭންކުގެ ހިދުމަތްދިނުމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އުފައްދައި ޚިދުމަތް ވަނީ ފަށާފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މިފަދަ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖައްސައި ދިނުމުގެ ގޮތުން ގާއިމްކުރެވުނު ކުންފުންޏެކެވެ.

މިކުންފުނި އިފްތިތާހްކޮށް ދެއްވަމުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ހިދުމަތް ފެށުމާއި ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް ވެސް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ވައުދުތަކުގެ ތެރެއިން މުހިންމު އެއް ކަންކަމުގައެވެ.

މި ބޭންކުގެ ޚިދުމަތާއި އެކު ސަރުކާރުގެ ވިސްނުން ހުރީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމުގެ މަގެއް ކޮށާދިނުމުގެ އިތުރުން ޒުވާން އެތައް ވިޔަފާރިވެރިން އުފެދި އަންހެނުންގެ ހުނަރުވެރި އުފެއްދުންތައް ބާޒާރަށް ގެނެވި ގައުމީ އިގްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގު ތަނަވަސްކޮށްދިނުމެވެ. މިސަބަބަށްޓަކައި އެސް.އެމް.އީ ލޯނުގެ ވަކި ބައެއް ހާއްސަކުރެވިފައިވަނީ އަންހެނުންނާ، ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ސަރުކާރުގެ ފަރާތުން މިފަދަ ބޭންކެއް އުފެއްދުމުގެ މައިގަނޑު އެއް މަޤްސަދަކީ މިފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުންކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިކުންފުނި ރަސްމީކޮށް އިފްތިތާޙް ކުރެވުނުއިރު، ލޯނު ދޫކުރަން ނިންމާފައިވަނީ މައިގަނޑު ހަތަރު ދާއިރާއެއް ހިމެނޭ ގޮތަށް، ރަށު ފަތުރުވެރިކަމުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، އަދި ހަރުމުދާ ލޯނެވެ. އަދި މީގެއިތުރުންވެސް އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށް ދޭ ލޯނު އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންވެސް ލޯނު ދޫކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް މިކުންފުނީގެ ފަރާތުން މިހާތަނަށް ތައާރަފްކޮށްފައިވާ ލޯނު ޕްރޮޑަކްޓްސްގެ ތެރޭގައި ވިޔަފާރި ތަރައްޤީ ލޯނު، ފަށާ ވިޔަފާރި ލޯނު، ކަނޑުފަޅުގެ ނަފާ ލޯނު، ދަނޑުވެރި ނަފާ ލޯނު އަދި ފަށާ ވިޔަފާރި ލޯނު  ހިމެނެއެވެ.

ކުންފުނީގެ ފުރަތަމަ މާލީ އަހަރު ނިންމާލިއިރު 241 ފަރާތަކަށް ޖުމުލަ 283 މިލިއަން ރުފިޔާގެ ލޯނު އެހީ ދޫކުރެވިފައިވާކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށާއި، ކޮމާރޝަލް ވިޔަފާރިތަކަށްކަން ވެސް ކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން މިލޯނު ދޫކުރެވިފައިވަނީ ރާއްޖޭގެ 83 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް ކަމަށާއި އަދި 2019 ޑިސެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރެވިފައިވާ ލޯނުތަކުގެ %34 ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަންވެސް ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އަދި 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން "ކޯވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި ގުޅިގެން ލޯނެއް ތައާރަފްކޮށް ޖުމްލަ 2205 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް 1520 ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ވިޔަފާރިތަކަށް 685 ލޯނު ދޫކޮށްފައިވެއެވެ.

މީގެ އިތުރުންވެސް މީޑިއާތަކަށް ހާއްސަކޮށްގެން "ކޯވިޑް-19 ވިޔަފާރި އެހީ – މީޑިއާ ޕެކޭޖް"ގެ ނަމުގައި އިތުރު ލޯނެއް ވެސް ތައާރަފްކޮށް، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ރާއްޖޭގައި ހިންގަމުން ގޮސްފައިވާ މީޑިއާތަށް ދެމެހެއްޓުމަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ މިލޯނުގައި 2020 އޮގަސްޓު މަހުގެ ނިޔަލަށް 08 މީޑިއާއަކަށް ލޯނު ދޫކޮށްފައިވާކަމަށް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.