Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

02 Sep 2023
ޚަބަރު

އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމަށް މިދައުރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމަށް މިދައުރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ބަސްދީ ގަތުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ގެއްލިދިޔަ ދެއަހަރެއްހާ ދުވަސް ނުހިމަނުއްވައި، މިދައުރުގެ ތެރޭގައި ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. މިގޮތުން އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް ކުރެއްވުނު މުހިއްމު ކަންކަމުގެ ތެރޭގައި ރަށްރަށުގައި ފެނާައި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށްދެއްވުމާއި، ބަނދަރުތައް ހެދުމާއި ސްކޫލުތަަކަށް ބޭނުންވާ ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލުތައް ބިނާކުރެއްވުމާއި، ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރެއްވިފައިވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ވަރަށް ބައިވަރުކަންތައްތައް ކުރެވިއްޖެކަމަށް އަޅުގަނޑަށް އިހުސާސް ކުރެވޭ ރަށްރަށަށް ދިޔައީމަވެސް. އޭގެ ތެރެއިންވެސް އަޅުގަނޑަށް އެންމެ ފާހަގަކުރެވޭ ދެތިން ކަމެއްގެ ތެރޭގައި، ދަންނަވާނީ، ކުދިންނަށް ތަޢުލީމް، ޙާއްޞަކޮށް މަތީ ތަޢުލީމް ޙާސިލްކުރުމަށްޓަކައި މިހުޅުވާލެވުނު ފުރުޞަތު، ހިލޭ ޑިގްރީއާ ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން މިފެށި މަޝްރޫޢު އަޅުގަނޑު ހިތުން މިއީ، މުޅިރާއްޖެއަށް ވަރަށްބޮޑު ބަދަލެއް ގެނުވާނެކަމެއް. ރާއްޖެއަށް ވަރަށްބޮޑެތި ހެޔޮ ބަދަލުތަކެއް މިއަންނަނީ. އަޅުގަނޑުމެންނަށް ފަހުގައި، ސަރުކާރު ހިންގަން ދައުލަތް ހިންގަން ނުކުންނާނީ މިއަދުގެ ޒުވާނުން. އެކުދިންނަށް މިއަދު ރަނގަޅު ތަމްރީނާއި ޓްރެއިނިން ލިބުނީމާ ދުނިޔެއަށް ލޯހުޅުވިގެން ތިބި ޒުވާނުންތަކެއް، ސަރުކާރާއި ދައުލަތް ހިންގަން ނިކުތީމާ އަންނާނެ ހެޔޮބަދަލު އަޅުގަނޑަށް މިހާރުވެސް އިހުސާސްކުރެވޭ. ވަރަށް ބޮޑު ބަދަލެއް އަންނާނެ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އަނެއް ކަމަކީ މިދައުރުގެ ތެރޭގައި ރާއްޖޭގައި ހަމަޖެހުން ޤާއިމްކުރެވިފައި އޮތުމެވެ. މިގޮތުން މިދައުރު ފެށުމާއި ހަމައަށް މާލޭގެ މަގުތައްމަތީގައި ހިނގަމުން މީހުންމެރުމާއި ގޭންގް މާރާމާރީތައް ހުއްޓުވި މަގުތައް އަމާންތަނަކަށް ހެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ސިފައިން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިދައުރަކީ، ރާއްޖޭގައި އިޖުތިމާޢީ ހަމަޖެހުމާއި ސިޔާސީ ހަމަޖެހުން އެންމެ ބޮޑަށް އޮތް ދައުރެވެ. އަދި ސިޔާސީ ފަރާތްތަކަށާއި، ނޫސްވެރިންނާއި ވިޔަފާރިވެރިންނަށްވެސް އެންމެ މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ފުރުޞަތު ލިބިގެން ދިޔަ ދައުރެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.