Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

02 Sep 2023
ޚަބަރު

ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އަމާން ރާއްޖެއެއް: ރައީސް

ދިވެހިންނާއި އެމަނިކުފާނު ގާތްކޮށް ދެއްވަމުން ގެންދަވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 އެމަނިކުފާނު މިހެން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ ކެމްޕޭންގެ ދަށުން، އުފާވެރި މާލެ މިނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު، އެއްވެފައިވާ މީހުންނާއި މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ މިހާރުވެސް ސާފުވެފައިވާ ކަމަށެވެ. އަދި ބޮޑުތަނުން ކާމިޔާބު ލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިރޭ ވޯޓު ގުނިޔަސް އަޅުގަނޑުމެން މޮޅުވާނެ، މާދަމާ ގުނައިފިއްޔާ މާބޮޑަށް މޮޅުވާނެ. 9 ވަނަ ދުވަހު ގުނައިފިއްޔާ އަދި މާބޮޑަށް މޮޅުވާނެ. ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އާމަން ރާއްޖެއެއް،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްުޔިތުން ތިބީ ގޮތް ނިންމައިގެން ކަމަށާއި، މިރޭގެ ޖަލްސާއިން އެކަން ފެނިގެންދާކަމަށެވެ. އަދި އެއްބުރުން ރިޔާސީ އިންތިޚާބު ނިމިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުފާވެރި އަމާން ރާއްޖެ ހޯދުމަށް ހުރިހާ ފަރާތްތަކުން ބައިވެރިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ގެނައުމަށް ތައްޔާރުވަމުންދާ ހެޔޮބަދަލުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލެއްވިއެވެ.

ރައީސް ޔާމީނުގެ އަނިޔާވެރި 5 އަހަރުގެ ވެރިކަމަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، 2018 ވަނަ އަހަރު އެ އަނިޔާވެރިކަން ނިންމާލުމަށް ރައްޔިތުން ނަތީޖާ ނެރުނީ ވޯޓުން ކަމަށެވެ.

"މި ހަމަޖެހުމާ އުފާވެރިކަން، ހިތްހަމަޖެހުން މި ލިބުނީ. ވިސްނަންވީ މި ކަންކަމާ ދޭތެރޭގައި. ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑްކުރާ ސަރުކާރަކަށް، ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ބިންމަތި ކުރާ ތަން ބަލާކަށް ބޭނުމެއް ނުވޭ. ކޯޓުތައް ގުޅަކުލޭ ފަސްގަނޑަކަށް ހަދާ ބަޔަކު ބޭނުމެއް ނުވޭ. ދެނެއް ބޭނުމެއް ނުވާނެ އެ ދުވަހެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޖަލްސާއަށް އެއްވި ވަރަށް ގިނަ އަދަދެއްގެ މީހުންނާއި އެކު އިންތިޚާބުގެ ފޯރި ގަދަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއަކީ، މިހާތަނަށް މިރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެންމެ ގިނަ ބަޔަކު ޖަމާވެގެން ބޭއްވި ބޮޑު ޖަލްސާއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފަިއި ވަނީ، މިއަންނަ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.