Advertisement

30 Aug 2023
ޚަބަރު

ފެންނަނީ ބޮޑެތި ސިޓީތަކުންވެސް ތާއީދު އޮތްތަން: ރައީސް

ރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތަކުގައި އެމަނިކުފާނަށް ތާއީދު އޮތްތަން ފެނިވަޑައިގެންފިކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަދި ލ. އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބޭ ތަން މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ، އަދިވެސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެންޕެއިން ދަތުރުތަކުގައި ނުދެވޭކަމަށެވެ. ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށެވެ. އިންތިހާބުގައި ހޯއްދެވޭނެ ޕަސެންޓް އެނގިވަޑައިގަންނަވާނީ އެއަށްފަހުގައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަދި އަޅުގަނޑު އައްޑޫ ސިޓީއަކަށް ނުދަން. ކުޅުދުއްފުއްޓަކަށް އަދި ނުދެވޭ. ޅ. އަތޮޅަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3-4 ދުވަހުގެ ތެރޭގައި އެ އަތޮޅުތަކަށް އަޅުގަނޑުމެން ދާނަން. ދެން މާލޭގައި އަދި އެބަޖެހޭ އަޅުގަނޑުގެ ޑޯ ޓު ޑޯ އާއި ބައެއް ހަރަކާތްތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަށް އަބަދުވެސް އެޕާޓީން މަރުހަބާކިޔާނެކަމަށާއި އަދި ބައެއް މެންބަރުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވަމުން އަންނަކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.