Advertisement

ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.އޭ. ގެ ލީޑަރ މާމުއި ޖަގަހަ ހުޅުވާދެއްވަނީ

31 Aug 2023
ޚަބަރު

ތިނަދޫ ސިޓީގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ހުޅުވައިފި

ބުދަ ދުވަހުގެރޭ ސިޓީއެއްގެ ދަރަޖަ ދެވުނުކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގދ. ތިނަދޫގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ބުދަ ދުވަހުގެރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ރަސްމީކޮށް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެމް.ޑީ.އޭ. ގެ ރައީސް އަޙްމަދު ޝިޔާމް މުޙައްމަދެވެ.

މި ޖަގަހަ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ.އޭ. ގެ ރައީސް އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވީ، ތިނަދޫ ސިޓީގެ ޒުވާނުން ނިކުމެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ރައީސް ޞާލިޙްއަށް ވޯޓު އަޅާ، މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭނެކަމަށެވެ. އަދި ތިނަދޫ ސިޓީގެ ޒުވާނުން ރައީސް ޞާލިޙްއަށް ވޯޓު ދޭންވީ، ޒުވާނުންނަށް ގިނަ ވަޒީފާތައް އުފައްދާ، ޒުވާނުންނަށް މުހިންމު ސިޔާސަތުތަކެއް ރައީސް ގެންގުޅުއްވާތީކަމަށެވެ.

މާމުއި ޖަގަހަ ހުޅުވުމަށްފަހު އެމް.ޑީ.އޭ. ގެ ރައީސް އަޙްމަދު ޝިޔާމް މުޙައްމަދު ވާހަކަފުޅު ދައްކަވަނީ

ތިނަދޫ ސިޓީގެ މާމުއި ޖަގަހަ އަކީ، އެމް.ޑީ.ޕީ. ގެ މެމްބަރ އަދި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސެއިން، (ހަނަފީ) ތިނަދޫގެ ޒުވާނުން ހުސްވަގުތުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ތައްޔާރު ކުރި ޖަގަހައެކެވެ. މި ޖަގަހައިގެ މަގްސަދު އިތުރަށް އޮޅުންފިލުވައިދެއްވަމުން ހަނަފީ ދެންނެވީ، ޒުވާނުންގެ އަޑު އިއްވޭނީ ޒުވާނުންނަށް ކަމަށާއި، މާމުއި ޖަގަހައިން އެމް.ޑީ.ޕީ. ގެ ޒުވާނުން ކޮންމެ ދުވަހަކު ބައްދަލުވެ، ސިޔާސީ ކަންކަމާއި ހިޔާލު ބަދަލުކޮށް، އެ ހިޔާލުތަކުން ތަސައްވުރެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

ޖަގަހަ ހުޅުވުމަށްފަހު ހޯމް މިނިސްޓަރ ޒުވާނަކާއިއެކު ޗެސް ކުޅުއްވަނީ

މާމުއި ޖަގަހައިގައި ޒުވާނުންނަށް ޙާއްސަ މުނިފޫހިފިލުވުމުގެ ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އެގޮތުން، ކެރަމް، ޗެސް އަދި ޕްލޭ ސްޓޭޝަން ހިމެނެއެވެ. ޖަގަހައިގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަކު ފާހަގަ ކުރެއްވި ގޮތުގައި، ދެތިން ދުވަހެއް ތެރޭގައި އެ ޖަގަހައިގައި ބިލިއަރޑް ބޯޑެއް ވެސް ބަހައްޓާ، ޒުވާނުންނަށް ބިލިއާޑް ކުޅެވޭނެ މަގު ތަނަވަސްކޮށްދޭނެއެވެ. މީގެ އިތުރުން، މި ޖަގަހައިގައި ކޮންމެ ދުވަހަކު ވަރަށް ފޯރިގަދަކޮށް ކަރައޮކޭ ވެސް ކުރިއަށްދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.