Advertisement

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

31 Aug 2023
ޚަބަރު

ކާޑެއްދޫ އެއާޕޯޓް، އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކުރިޔަށް ދައުރުގައި، ކާޑެއްދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ ކެމްޕޭނުގެ ދަށުން، ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމަުންނެވެ. މިޖަލްސާގައި ތިނަދޫއަކީ ސިޓީއެއްގެގޮތުގައި ކަނޑައަޅުއްވާފައިވާ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާނުކޮށްދެއްވާފައެވެ.

ތިނަދޫގައި ބުދަ ދުވަހު، އިމިގްރޭޝަންގެ ޚިދުމަތް ފައްޓަވައި ދެއްވިކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ، ދެން ތިނަދޫގެ ރައްޔިތުން ބޭނުންވާނީ، މާލެ ނުގޮސް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނެގޮތްވުން ކަމަށެވެ. އަދި ޕާސްޕޯޓެއްގެ ބޭނުމަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓަކީ، ޤާސިމް އިބްރާހިމްގެ ވިލާ އެއާ އާ ހަވާލުކޮށްގެން ހިންގަމުން އަންނަ އެއާޕޯޓަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް ކާޑެއްދޫ އެއާޕޯޓު އިންޓަރނޭޝަނަލް ނުކުރެވޭނެނަމަ، އެކަން ދެން ކުރެވެން އޮތްގޮތެއް ބައްލަވައިގެން އެކަން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވިފައިވާ ގޮތަށް ތިނަދޫއާ ކައރީގައި އިންޓަރގްރޭޓެޑް ޓުއަރިޒަމް ތަޢާރަފްކޮށް ނިމޭއިރު އެއާޕޯޓް އިންޓަރނޭޝަނަލް ކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ގދ. ކާޑެއްދޫ އެއާޕޯޓަކީ، ރާއްޖޭގައި ފުރަތަމަ އެޅުނު ސަރަހައްދީ 5 އެއާޕޯޓްގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ. ވިލާ އެއާ އާއި ހަވާލުކޮށްފައިވާ އެ އެއާޕޯޓުގެ ތަރައްޤީއަށް ޤާސިމް އިބްރާހިމްގެ ވިލާކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާކަން، ގދ. އަތޮޅުގެ ރައްޔިތުން ފާހަގަކޮށް އެކަމުގެ ޝަކުވާތައް ކުރަމުން ގެންދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.