Advertisement

ފޮޓޯ: ނޫން.އެމްވީ

01 Sep 2023
ކީއްވެ އިބޫ؟

ރާއްޖެއިން ބޭރުގައި ހުއްޓަސް، ދިވެއްސަކަށް ވީތީ އެ ދުވަހު މިކީގެ އަތުން ދުލެއް ނުކުރި

ޒަމާން ބަދަލުވެ، ދުނިޔެ ތަހުޒީބުވަމުންދާ ބާރު މިނުގައި އަހަރެމެންގެ ބޭނުންތައް ވެސް އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި، މުހިންމު ކަންކަން ގިންތި ކުރުމުގައި ގެންގުޅޭ މިންގަނޑު ވެސް މިހާރު ބަދަލުވެއްޖެއެވެ. އެއީ އިނގިލި ކުރީގައި މިއޮތް ދުނިޔެ އެނބުރެމުންދާ ބާރު މިނުގައި، އަހަރެމެންގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ކޮންމެހެން އެކަން މިހާރު ކުރަންޖެހޭ ގޮތް ވެސް މެއެވެ.

މި ބަދަލުތަކާއިއެކީ ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނެކޭ އެއްގޮތަށް، ދިވެހީންގެ ވެސް އެތައްކަމެއް ބަދަލުވެއްޖެއެވެ. އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރަމުންދާ މިންވަރު ވެސް ބޮޑުތަނުން އިތުރު ވެއްޖެއެވެ. އަދި އެތަކެއް ދިވެހީންނެއް މިހާރު ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން ވެސް އުޅެއެވެ. އެގޮތުން މެލޭޝިއާ އަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް މަޤްބޫލު ޤައުމެކެވެ. އެއީ މައިގަނޑު ދެ ސަބަބަކަށެވެ. ޗުއްޓީ ހޭދަކޮށްލަން އަދި ވިޔަފާރި ކޮށްލަން ދިއުމަށާއި، މަތީ ތައުލީމު ހާސިލް ކުރަން ދިއުމަށެވެ.

އެގޮތުން މި ލިޔުން މި ހާއްސަކޮށްލަނީ 2020 ވަނަ އަހަރު ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވިއިރު، މެލޭޝިއާގައި ކިޔަވަމުން ދިޔަ މީކާއިލް މުޙައްމަދު (މިކީ) އަށް ކުރެވުނު ތަޖުރިބާ ހިއްސާ ކޮށްލުމަށެވެ.

ކޮވިޑްގެ ވަބާ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން ގޮސް މެލޭޝިއާ އިން ވެސް މި ބަލި ފެނި، ހަލުވި ސްޕީޑެއްގައި ވަނީ މުޅި ގައުމަށް ފެތުރިފައެވެ. އަދި ބަލި ފެތުރުނުތާ ކުރީ ކޮޅު، މި ބަލީގައި މަރުވަމުންދިޔަ މީހުންގެ އަދަދު ވެސް އިންތިހާއަށް ގިނައެވެ. މިކަން ސިފަކޮށްދިނުމުގެ ގޮތުން މިކީ ބުނީ، މެލޭޝިއާގައި ކޮވިޑް ޖެހިގެން މީހުން މަރުވަމުން ދިޔައީ ރޮކެޓެއްގެ ބާރު މިނުގައި ކަމަށެވެ.

 މެލޭޝިއާގެ ހާލަތު އޭރު ވަރަށް ގޯސް. ޑެތް ރޭޓްސް ވަރ ހަމަ ސްކައި ރޮކެޓިންގ   

މެލޭޝިއާގެ ހާލަތު ކިޔައިދެމުން، މިކީ

ހާލަތު މިހެން އޮތް އިރު، ބިދޭސީ ގައުމެއްގައި ހުރި ދިވެއްސެއްގެ ހައިސިއްޔަތުން މިކީ ހުރީ ހަދާނެ ގޮތް ހުސްވެ، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި އެންމެ ބޮޑު ހިތާމައަކަށް ވެފައި އޮތީ އާއިލާއާއި ދެން ދިމާވާނެ ދުވަހެއް ނޭންގޭތިއެވެ. އޭރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެ އާދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތެވެ.

ކަން މިހެން އޮއްވައި، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އެގައުމުގައި ތިބި ހުރިހާ ކިޔަވާ ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުންދާކަން އެންގިކަމަށް މިކީ ބުންޏެވެ. 

އެމްބަސީއިން އިންފޯމްކުރީ ޗާޓަރ ފްލައިޓެއް، ސްޓޫޑެންޓުން މާލެ ދާން ބާއްވާނެކަމަށް

ނޫން އަށް ދިން އިންޓަވިއުގައި، މިކީ

އެގޮތުން މިކީމެން މާލެ ގެނަސްފައިވަނީ 08 އެޕްރީލް 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ރެސްކިއު ފްލައިޓެއްގައެވެ. މިކީ އާއި އެކު ޖުމްލަ 200 ދަރިވަރުން މި ފްލައިޓުން މާލެ ގެނަސްފައިވެއެވެ. ރާއްޖެ ގެނައުމަށްފަހު ކަރަންޓީނުގައި މަޑު ކުރަން ޖެހުނީ ރިޒޯޓެއްގައެވެ. ކަރަންޓީނުގެ ތަޖުރިބާ މިކީ އަށް ވީ ވަރަށް ރަގަޅު ތަޖުރިބާ އަކަށެވެ. ގަޑިން ގަޑިއަށް ކާންލިބުމާއި، ހިލޭ އިންޓަނެޓު ބޭނުން ކުރެވުން މިކީއަށް ވެގެންދިޔައީ ވަރަށް ބޮޑު ހިންހަމަ ޖެހުމަކަށެވެ. އަދި އެއީ ސާދަ ދުވަހުގެ ކަރަންޓީން އަވަހަށް ހޭދަކޮށްލާ، ނަފްސާނީ ސިއްހަތު ރަގަޅަށް ގެންގުޅުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަ ކުރިއެވެ.

މިކީ އިތުރަށް ކިޔައިދިން ގޮތުގައި، އޭރު އެންމެ އުފާވިކަމަކީ، މާލެ އައިސް ކަރަންޓީން ނިމި މަންމަމެނާއި ބައްދަލުވުމެވެ. އެ އިހްސާސްތައް ހިއްސާކުރަމުން މިކީ ބުނީ، ރާއްޖޭގެ ރައީސަކީ އުއްމީދުގެ ހުޅުކޮޅެއް ކަމަށެވެ. އަދި ދިވެހި ރައްޔިތަކަށް ވެ ހުރެ، ރާއްޖެއިން ބޭރު ގައުމެއްގައި ހުއްޓަސް، ދިވެހީންގެ އަތުން ރައީސް ދޫނުކުރައްވާނެކަން އެދުވަހު ޔަގީންވިކަމަށެވެ.

އެ ދުވަހު ހިތަށް އެރި ރައީސް އަކީ ލައިޓް އެޓް ދަ އެންޑް އޮފް ދަ ޓަނަލް އޭ. އަދި ދިވެހި ރައްޔިތަކަށް ވެ ހުރެ ބޭރު ގައުމެއްގައި ހުއްޓަސް، އަހަރެމެންގެ އަތުން ރައީސް އެއް ދުލެއް ނުކުރާނެކަން އެނގުނު. އެއީ މައިގަނޑު ގޮތެއްގައި މިބުނާ އޯގާތެރި ރައީސްއަކީ

ނޫން އަށް ދިން އިންޓަވިއުގައި، މިކީ

މިކީ ނިންމާލަމުން ބުނީ، އޭނާގެ އެ ތަޖުރިބާއަށް ބަލާއިރު، ރައީސް އިބޫއަށް އަދި އިތުރު ދައުރެން ކޮންމެހެން ދޭންޖެހޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.