Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ---

29 Aug 2023
ޚަބަރު

މެމްބަރުން އެމްޑީޕީއާ އަލުން ގުޅެނީ ރިޝްވަތު ދީގެންކަމަށް ކުރާ ތުހުމަތުތައް ރައީސް ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުން، އަލުން އެޕާޓީއާ ގުޅެނީ ރިޝްވަތުދީގެން ކަމަށް ބުނެ ކުރާ ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ދޮގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށާއި ހައްދުންމައްޗަށް ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ، ނޫސްވެރިންނާއި ބައްދަލު ކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. 

ރައީސް ނަޝީދާއި އެކު ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވަނީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެކަމާ ކޯފާ އިސްކުރައްވަިއ ރައީސް ނަޝީދު ވަނީ އެމެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ރިޝްވަތު ދީގެން ކަމަށް ތުހުމަމަތު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ނަޝީދު ހުންނެވި އިރު މަޖިލީހުން ވަނީ މެމްބަރުން ރިޝްވަތުގައި ހިފާކަމަށް ބުނެ ފުލުހުންނަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

ދާދި އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެމެމްބަރަކު އެމްޑީޕީއަށް ސޮއިކުރައްވާނެކަމުގެ އަޑުތައް ފެތުރުފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެމްބަރުން އެމްޑީޕީއަށް ސޮއެކުރައްވަނީ އެއްވެސް ބާވަތެއްގެ ރިޝްވަތެއް އޭގައި އޮވެގެން ނޫންކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ވަޑައިގެންނެވި އެބޭފުޅުން (އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން) އެނިންމުން ނިންމެވި ސަބަބު. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެދާއިރާއަށް އެރަށަކަށް ތަރައްޤި ގެނެވެން އޮތީ، އެމްޑީޕީއާ އެކީގައި ކުރިޔަށް ގޮސްގެން ކަމަށް އެބޭފުޅުންނަށް ޤަބޫލުކުރެވޭތީ އަދި، ދާއިރާގެ ރައްޔިތުން، އެގޮތަށް އެދޭތީކަމަށް އެބޭފުޅުން އެވަޑައިގަތީ. ޙަޤީޤަތުގައިވެސް ކުޅުދުއްފުށި އޮތް ގޮތް އަޅުގަނޑުމެންނަށް މިހާރު އެބައިވޭ. އަދި ތޮއްޑޫއާ ރަސްދޫގެވެސް ރައްޔިތުންގެ ވިންދާއި އިޙްޞާސް ހުރިގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ.އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވިންދާއި އިޙްސާސާއި އެއްގޮތަށް، ހަޤީޤީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވިއްޔާ ކަންކުރަންވާނީ އެހެން." 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕީޕީއެމް ފިޔަވައި އެހެން ޕާާޓީތަކާއި އެކުވެސް ސިޔާސީ ގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޕީޕީއެމް ނޫން ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.