Advertisement

31 Aug 2023
ޚަބަރު

ރާއްޖޭގެ މުސްތަޤްބަލަށް 17،000 އަށް ވުރެން ގިނަ ބްރިޖް ރައީސް އަޅުއްވައިފި: ހަނަފީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމައެކަނި ދައްކަވަނީ ކޮންކްރީޓް ބުރިޖުގެ ވާހަކަ ނޫން ކަމަށާއި, އެ މަނިކުފާނު ރާއްޖޭގެ މުސްތަޤްބަލަށްޓަކައި މިހާތަނަށް 17،000 އަށް ވުރެން ގިނަ ބްރިޖް އަޅުއްވާފައިވާކަމަށް އެމްޑީޕީގެ މެންބަރު އަދި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. ހަނަފީ މިހެން ވިދާޅުވީ، ގދ. ތިނަދޫގައި ބުދަ ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމަށް އަލިއަޅުވާލައްވަމުން ހަނަފީ އިތުރަށް ވިދާޅުވީ، ކުރިން އެބޭފުޅުން ޑިގްރީ ކިޔަވަން އުޅުއްވިއިރު ކުރަންޖެހުނު ތަކްލީފް ހަނދާންވާކަމަށެވެ. ނަމަވެސް މިހާރު ޒުވާނުންނަށް އޭގެ އެއްވެސް ތަކުލީފެއް ނެތްކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ޚިލާފަށް ބޭރު ގައުމުތަކުގެ ރައްޔިތުން ޑިގްރީއަށް ކިޔެވުމަށްފަހު އެތައް އަހަރެއް ފައިސާ ދެއްކުމުގައި ހޭދަކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އާދެ! 17000 އަށް ވުރެން ގިނަ ބްރިޖު ރައީސް އަޅުއްވާފިއޭ. މިއީ މުސްތަޤްބަލަށް އަޅާ ބްރިޖު. މިއަށްވުރެ ގިނަ ބްރިޖް އެޅި ފަރާތެއް ނެތް. އެބޭފުޅުންގެ (ޒުވާނުންގެ) މުސްތަޤްބަލަށް އެ އަޅާއިދިނީ ބްރިޖް. އަޅުގަނޑުމެން އަބަދު ދައްކަނީ ކޮންކްރިޓް ބްރިޖްގެ ވާހަކަ. ހިލޭ ޑިގްރީ އާ އެކީ އެއޮތީ މުސްތަޤްބަލަށް ބްރިޖް އެޅިފައި." ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވާހަކަ ފުޅު ކުރިޔަށް ގެންދަވަމުން ކޮވިޑްގެ ހާލަތަށް ވެސް އަލިއަޅުވާލެއްވިއެވެ. ވިދާޅުވީ، ކޮވިޑްގެ ހާލަތު ކުރިމަތިވިއިރު މުޅި ދުނިޔެ އިނދަޖައްސާލިކަމަށެވެ. ނަމަވެސް އެކަމުން ދިވެހީންގެ ދިރިއުޅުމަށް މާބޮޑު އަސަރެއް ނުކޮށް، ރާއްޖެ ކޮޅަށް ޖަހާލި ޑޮކްޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްކަމަށެވެ. މިކަމަށް މިސާލު ޖައްސަވައި ހަނަފީގެ އަމިއްލަ ތަޖުރިބާއެއް ވެސް ހިއްސާކުރެއްވިއެވެ. އެއީ ހަނަފީގެ އެކުވެރިއަކު ކޮވިޑަށް ފަހު ދިރިއުޅުމުގެ ހާލަތު ސިފަ ކުރެއްވި ގޮތުގެ ވާހަކައެވެ. ވަރަށް އަސަރާއިއެކު ރައީސް އިބޫ ނޫން ކެނޑިޑޭޓެއް ނެތްކަމަށް ރަހުމަތްތެރިޔާ ބުނިކަމަށެވެ. ސަބަބެއްކަމަށްބުނީ ކޮވިޑްގެ ދަނޑިވަޅުގައި ރައީސް އެ ހާލަތު މެނޭޖްކޮށް ކުރިއަށްދިޔަ ގޮތެވެ. އެގޮތުން ރަހްމަތްތެރިޔާއަށް އެސްއެމްއީ ލޯނު ހަމަނުޖެހުނުނަމަ އެ އާއިލާ ބަނޑަށް ޖެހުނީސްކަން ރަހުމަތްތެރިޔާ ބުނިކަމަށް ހަނަފީ ވިދާޅުވިއެވެ.

"ރައީސްގެ ގާބިލްކަން ތި ހުރިހައި ބޭފުޅުން ހެކިވާނެ. ކޮވިޑްގެ ހާލަތު އެހާ ނުރައްކާތެރި ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް އެއްވެސް އުނދަގުލެއް އިހްސާސްނުވެ ތަރައްޤީގެ މަޝްރޫޢުތައް މަޑުނުޖެހި ކުރިއަށްދިޔައީ. މިއަށްވުރެ މާތް، މިއަށްވުރެ ޝަޙްސިއްޔަތު ވަރުގަދަ ލީޑަރެއް ނުވަތަ ރައީސަކު އަޅުގަނޑަށް ހިއެއްނުވޭ ދިވެހިރާއްޖެއަކަށް ދުވަހަކުވެސް އުފަންވެފައި ވާހެނެއް." ހަނަފީ ވިދާޅުވިއެވެ.

ބުދަ ދުވަހު ތިނަދޫގައި އިފްތިތާހު ކުރެވުނު ޕާސްޕޯޓުގެ ޚިދުމަތަށް އަލި އަޅުވާލަމުން ހަނަފީ ވިދާޅުވީ, މުޅި ހުވަދު އަތޮޅުގެ ރައްޔިތުން އެ މިންޖު ކުރެވުނީ ބޮޑު މާލީ ބުރައަކުން ކަމަށެވެ. ކުރިން ފްލައިޓް ޓިކެޓް ނަގައިގެން ހަމަ އެކަނި ޕާސްޕޯޓު ނެގުމަށް މާލެ ދާންޖެހުން ނިމުމަކަށް ގެނެވިއްޖެކަމާއި, ދެން އޮންނާނީ ތިނަދޫ އިމިގްރޭޝަން އޮފީހުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ. އެގޮތުން, މާލެ އަށް ފަހު 2 ވަނަ އަށް ޕާސްޕޯޓު ޑިސްޓްރިބިއުޝަން ސެންޓަރަކަށް ތިނަދޫ ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހަނަފީ ވިދާޅުވިއެވެ. މިހާރު ޕާސްޕޯޓު ޕްރިންޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހަމައެކަނި މާލޭގައެވެ. އަދި އެއަށް ފަހު އަތޮޅު ތެރޭގެ އިމިގްރޭޝަން އޮފީސްތަކަށް ޕާސްޕޯޓު ފޮނުވަނީއެވެ.

ރާއްޖޭގެ ޑިމޮކްރަސީ މިހާރު ފައްކާވެފައި އޮތް މިންވަރު ސިފަކުރައްވައި ހަނަފީ ވިދާޅުވީ، ކުރިން އަބަދުވެސް ޕޯޑިއަމްތަކުގައި ހަމްދު ސަލަވާތައްފަހު ދަންނަވަމުންދިޔައީ ކޮންމެވެސް ސިޔާސީ ލީޑަރަކު މިނިވަންކުރަންޖެހޭ ވާހަކަކަމަށެވެ. ހުދު އެބޭފުޅާ ވެސް, 2018 ވަނަ އަހަރުގެ ތިނަދޫ ބަނދަރު ސަރަޙައްދުގައި އޮތް ޕޯޑިއަމެއްގައި އެވާހަކަ ދައްކަވަން ޖެހުނުކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު ޖަލްސާއަކަށް އަރާފައި ހަމްދު ސަލަވާތައްފަހު އެއްވެސް ސިޔާސީ ލީޑަރަކު މިނިވަންކުރާ ވާހަކައެއް ނުދައްކާކަމަށާއި, މިހާރު ދައްކަނީ ތަރައްޤީގެ ވާހަކަކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއަށްވުރެ ޑިމޮކްރެޓިކް ހަޔާތް ފައްކާވި ދުވަހެއް ނާންނަކަމަށް ހަނަފީ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.