Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

02 Sep 2023
ޚަބަރު

ޕީޕީއެމްގެ އަނިޔާވެރި ވެރިކަން އަލުން އިޢާދަވާން އެއްވެސް ރައްޔިތަކު ދެން ބޭނުމެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސް ޔާމީނު ކުރެއްވި ޕީޕީއެމްގެ އަނިޔާވެރިވެރިކަން އަލުން ޢިއާދަވާން އެއްވެސް ރައްޔިތަކު ނޭދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެމްޕޭން، އުފާވެރި އަމާންރާއްޖޭގެ ދަށުން، ރޭ މާލޭގައި ބޭއްވި އުފާވެރި މާލެ ޖަްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، 2013އިން 2018އަށް ރައީސް ޔާމީން ކުރެއްވި، އަނިޔާވެރި ވެރިކަމާއި، އެވެރިކަމުގެ މުއްދަތުގައި، ގޭންގުމާރާމާރީތަކުގައި މަރާލެވުނު މީހުންނާއި، އަދި އެވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑްކޮށް އަދި ޝަރުއީދާއިރާގެ އެތައް ބޭފުޅުންނަކާއި، ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުން ޖަލަށްލައި ދިން އަނިޔާތަކުގެ ހަނދާން އައު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގެ މަގުތައް މަތީގައި، ރައީސް ޔާމީނުގެ ދައުރުގައި އޮތް ހަލަބޮލިކަންވެސް އަލުން އިޢާދަވާން ޚާއްޞަކޮށް މާލޭގެ ރައްޔިތުންވެސް ބޭނުން ނުވާކަމަށެވެ. އަދި މިވެރިކަމުގެ ދައުރުގެ ތެރޭގައި މާލޭގެ މަގުތައް އަމާންވެ ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތަކުގައި މަޝްޣޫލުވެ އުޅުމަށް ފުރުޞަތު ލިބިގެން ދިޔަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ސިޔާސީ މީހުން ޖަލަށްލައި ދެމުން ދިޔަ އަނިޔާތައް ސިފަކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖަލުގައި ސަރުކާރެއް ހިންގޭވަރަށް ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ އިސްމަޤާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން އެކީ އެއްވަގުތެއްގައި ޖަލުގައި ބަންދުކުރައްވައިގެން ގެންގުޅުއްވި ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު އޭރު އިންނެވީ ޖަލުގައި. ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއް އިންނެވި. ޕްރޮސެކިއުޓަރ ޖެނެރަލް އިންނެވި. ދެ ޕޮލިސް ކޮމިޝަނަރުން ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް ތިއްބެވި. އަދި ހަވީރު އަޅުގަނޑުމެން ކުޑަކޮށް ކަސްރަތުކޮށްލަން ބައިގަޑިއިރަށް ނެރޭއިރުގައި، މާދުރުގައި ގޮނޑިއެއްގައި އިންނަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫނު ވެސް. ސަރުކާރެއް ބަރާބަރަށް އެތަނުގެ ތެރޭގައި އަޅުގަނޑުމެންނަށް ހިންގޭ ވަރަށް މީހުންތިބި. މާލޭގައި އެއްސަރުކާރު. ދޫނިދޫގައި އަނެއް ސަރުކާރު. ގަދަވީ އަޅުގަނޑުމެންގެ ސަރުކާރު 2018ގައި." 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ޔާމީނުގެ ސަރުކާރުގައި، ދައުލަތުގެ ތިންބާރުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައި މުއައްސަސާތައް އަޅުވެތިކުރަމުން ދިޔަގޮތް ރައީސުލްޖުމްހޫރިއްޔާ ސިފަކޮށްދެއްވީ، ރައީސް ޔާމީނުގެ ވެރިކަމުގައި އޮޑިޓަރޖެނެރަލް މަޤާމުން ވަކިކުރެއްވި ގޮތުގެ ހަނދާން އައުކުރައްވަމުންނެވެ. އެއްރޭ ރައްޔިތުންގެ މަޖިލިސް ހުޅުވައި ގަދަކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން ގެނެސް މަޖިލީހަށް ވައްދައިގެން ވޯޓުނަގައި އޮޑިޓަރޖެނެރަލް މަޤާމުން ވަކިކުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޮޑިޓަރޖެނެރަލް މަޤާމުން ވަކިކުރެއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ރިޕޯޓް ހައްދަވައި އެރިޕޯޓް ރައީސް ޔާމީނަށް ހުށައެޅުއްވުމުން އޭގެ ބަދަލެއްގެ ގޮތުންކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެދުވަސް އަލުން ދެކެން ބޭނުންވަނީ ކާކުތޯވެސް ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރަކީ، ރާއްޖޭގެ ތާރީޚު ދުށް އެންމެ އަނިޔާވެރި އަދި އެންމެ ހަމަނުޖެހުން ބޮޑުވެރިކަމެކެވެ. ގޭންގު މާރާމާރީތަކުގައި 23 މީހުން މަރާލިއެވެ. ސަރުކާރުގެ އިސްވެރިން، ރައީސް ޔާމީނާއި، އެމަނިކުފާނުގެ ނައިބު ހިމެނޭގޮތުން 200 ވުރެ ގިނަ މީހުން ބައިވެރިވި 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތް ހިނގިއެވެ. ބޭސްފަރުވާއިން މަހުރޫމްކޮށް، ޖަލުގައި މީހުން މަރުވަމުން ދިޔައެވެ. ބާރުތައް ހިފެހެއްޓުމަށާއި ވެރިކަން ދެމެހެއްޓުމަށް ރައީސް ޔާމީނާއި ޚިޔާލު ތަފާތުވި ދައުލަތުގެ މަޤާމުތަކުގައި ތިބި މީހުން ހައްޔަރުކޮށް ޖަލަށްލިއެވެ. ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ކަނޑާލިއެވެ. އެއްފަރާތަކަށް ބުރަވެފައިވާ، ޚާރިޖީ ސިޔާސަތުގެ ތެރޭގައި ޗައިނާއާއި ގުޅުން ބަދަހިކޮށް، ސަރައްހަދުގެ ޤައުމުތަކާއި މެދުއިރުމަތީގެ ޤައުމުތަކާއި ގުޅުންކަނޑާލިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން ރައީސް ޔާމީނު ކުރެއްވި ޕީޕީއެމްގެ އަނިޔާވެރި ވެރިކަމަށް ނިމުމެއް ގެނައުމުން، ކޯޓު މެދުވެރިކުރައްވައިގެން ވެރިކަމުގައި ދެމިހުންނެވުމަށް ރައީސް ޔާމީނު މަސައްކަތްޕުޅު ކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.