Advertisement

އަންހެނުން ބާރުވެރި ކުރުމަށްޓަކައި ހިމެނިފައިވާ މުހިންމު ސިޔާސަތުތައް ހުށަހަޅާދެނީ

30 Aug 2023
ޚަބަރު

“އިބޫ ފަދަ ހެޔޮ ވެރިއަކަށް ނޫނީ މުޖްތަމައުގައި ހާލުގައި ޖެހިފައިވާ އަންހެނުންގެ އަޑު ނީވޭނެ”

ރައީސުލްޖުމްހޫރިއްޔާ ފަދަ ހެޔޮ ވެރިއަކަށް ނޫނީ މުޖްތަމައުގައި ހާލުގައި ޖެހިފައިވާ އަންހެނުންގެ އަޑު ނީވޭނެކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެންބަރ ހިސާން ވަހީދު ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވީ، އެމްޑީޕީން އަންހެނުންނަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ ކަންކަން ތަފްސީލްކޮށްދެއްވަމުންނެވެ.

ހިސާން ވިދާޅުވީ، ޑްރަގްގެ ވަބާގައި ޖެހިފައިވާ އަންހެނުންނަށް ސޭފް ހައުސް ޤާއިމްކޮށް އެމްޑީޕީން މުޖްތަމައުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މިކަން ކުރެވޭނީ ރައީސް އިބޫއަށްކަމަށެވެ.

ހެޔޮ ވެރިކަމެއް ކުރަން ދަންނަ ހެޔޮ ވެރިއަކަށް ނޫނީ މުޖްތަމައުގައި އެންމެ ހާލުގައި ޖެހިފައި އެންމެ ބާކީވެފައި ތިބި އަންހެނުންގެ އަޑު ނީވޭނެ. އެއީ އިނގޭތޯ އަޅުގަނޑުމެންގެ ރައީސް އިބޫއަކީ.

ހިސާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ 2 ވަނަ ދައުރެއްގައި ކުރާނެ ކަންކަން "އުފާވެރި އަމާން ރާއްޖެ މެނިފެސްޓޯ" މިހާރު ވަނީ އާންމުކޮށްފައެވެ. މި މެނިފެސްޓޯގައި އަންހެނުންނަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހިމަނާފައެވެ. މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާލާއިރު:

އަންހެނުންނާއި އިޖްތިމާއީ ރައްކާތެރިކަން

- ޑްރަގް އަދި ގެވެށި އަނިޔާއަށް ހުށައެޅޭ އަންހެނުންނާއި އަންހެން ކުދިންނަށް ސޭފް ހައުސްއެއް ޤާއިމްކުރުން.

- ތެރަޕީ ލީގަލް އެސިސްޓަންސް އަދި ސަޕޯޓް ދިނުން.

- ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ތަޢާރަފްކުރުން.

- އަންހެނުންނަށް ހާއްސަ ލީގަލް އެސިސްޓަންޓް ދިނުން.

- ދަރިންނަށް ލިބޭ ފައިސާ އިތުރުކުރުން.

- ކޯޕޭރަންޓިން ގާއިމްކޮށްދިނުން.

ހާއްސަ އެހީ ބޭނުންވާ ކުދިންގެ މަންމައިންނަށް އޮތް ފަސޭހަތައް

- ސަޕޯޓް ގްރޫޕް އެކުލަވާލުން.

- ތަޖުރިބާ އެކްސްޕީރިއަން ހިއްސާކޮށްގެން ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުން.

- ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންޑިޕެންޑެންޓް ތެރަޕިސްޓުން ގެއަށް ޒިޔާރަތްކުރުން.

- ލިވިންގް ޕްރޮގްރާމެއް ފަރުމާކޮށް ވޮކޭޝަނަލް ޓްރެއިނިން ދިނުން.

އަންހެނުންނާއި ކުޅިވަރު

- އަންހެނުންނަށް ހާއްސަކޮށް ކުޅިވަރު ކުޅޭނެ ތަންތަން ނެތުމުން އެފަދަ ތަންތަން ޤާއިމްކުރުން.

- ނޭޝަނަލް ޓީމުގެ ކުޅުންތެރިންނަށް ޙާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރުން.

ސްޕޯރޓްސް ފޯރ އޯލް ތައާރަފްކުރުން.

ކުޅިވަރުގެ ހަޔާތް ނިމުމަށްފަހު ލައިފް އާފްޓަރ ސްޕޯރޓްސްއަށް ތައްޔާރުކުރުން.

އަންހެނުންގެ ބާރުވެރިކަން

- މައިކްރޯ ސްކޭލް ވިޔަފާރި ދަފްތަރުކުރުން.

- އަންހެނުން ބާރުވެރިކުރުވުމަށް މައިކްރޯ ފައިނޭންސިންގ ތައާރަފްކުރުން.

- މައިކްރޯ ސްކޭލް ވިޔަފާރިތަކުން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ނިޒާމެއް.

- ހައުސިން ފައިނޭންސް ތައާރަފްކުރާއިރު އަންހެނުންނަށް ޙާއްސަ އިސްކަމެއް ދިނުން.

- އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަމާއި އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިން ސްޕޭސް ޤާއިމްކޮށްދިނުން.


ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.