Advertisement

02 Sep 2023
ޚަބަރު

މި ދައުރުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ހިލޭ ޑިގްރީ ޕްރޮގްރާމް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ދައުރުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ހިލޭ ޑިގްރީ ޕްރޮގްރާމްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ، ކޯވިޑްގެ އާލަމީ ވަބާއާއިއެކު ގެއްލުނު 2 އަހަރު ކެނޑުމަށްފަހު އެ ލިބުނު 3 އަހަރު ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާކަމަށެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާއާއި، ބަނދަރުތައް ހެދުމާއި، ސްކޫލްތަކުގެ ކްލާސްރޫމާއި މަލްޓިޕާފަސް ހޯލްތަކާއި، ރަށްރަށުގައި ކަރަންޓް ރަނގަޅަށް ލިބޭނެ ގޮތް ހެދުން ފަދަ މަސައްކަތްތައް ހިމެނޭކަމަށެވެ. 

މި ހުރިހައި މަސައްކަތެއްގެ ތެރެއިންވެސް އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށް ކުރެވުނު ކަމަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ފެށި އެތައް ކުދިންތަކަކަށް ހިލޭ ޑިގްރީ ހެދުމުގެ މަގު ފަހިކޮށްދެވުންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީ މާދަމާ ސަރުކާރު ހިންގާނެ ގާބިލް ޒުވާނުން އުފެދިގެން ދިޔަ ޕްރޮގްރާމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. 

"އެންމެ ފާހަގަކޮށްލެވޭ ދެތިން ކަމެއްގެ ގޮތުގައި ދަންނަވާނީ ކުދިންނަށް ތައުލީމު، ހާއްސަކޮށް މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި މި ހުޅުވާލެވުނު ފުރުސަތު. ހިލޭ ޑިގްރީއާއި ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން މި ފެށި މަޝްރޫއު. އަޅުގަނޑު ހިތުން މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް. ރާއްޖެއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް މިއަންނަނީ. އަޅުގަނޑުމެންނަށް ފަހުގައި ސަރުކާރު ހިންގަން ނިކުންނާނީ މިއަދުގެ ޒުވާނުން. އެކުދިންނަށް ރަނގަޅު ތަމްރީނާއި ތައުލީމު ލިބުނީމަ ދުނިޔެއަށް ލޯހުޅުވިގެން ތިބި ޒުވާނުންތަކެއް ދައުލަތް ހިންގަން ނިކުތީމަ އަންނާނެ ހެޔޮ ބަދަލު އަޅުގަނޑަށް މިހާރުވެސް އިހްސާސް ކުރެވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމް ނެގުމަށްފަހު ދެން އެންމެ އުފާވާކަމަކީ މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ފެށި މަސައްކަތުގެ ނަތީޖާ ފެނުންކަމަށެވެ. ފުލުހުންނާއި ސިފައިން މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ގިނަ މަސައްކަތެއް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ގޭންގްތަކުގެ މައްސަލަ ބޮޑުވެ ފުލުހުންނާއި ސިފައިން މަގުމަތީގައި ފޯރިމަރަންޖެހުނުކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ދައުރުގައި ކުރަން ބޭނުންވި އެކަމަކު ނުކުރެވުނު ކަމަކީ ރާއްޖޭގައި އިންޑިއަން އޯޝަން ގޭމްސް ބޭއްވުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އައިއޯއަޖީ ނުބޭއްވުނު ސަބަބެއްކަމަށް ރައީސް ވިދާޅުވީ، ކޯވިޑާއި ގުޅިގެން އެކަމަށް ތައްޔާރުނުވެވުމެވެ.

މި ޕްރޮގްރާމްގައި ރައީސް ވަނީ ދެވަނަ ދައުރަކަށްފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔަރ ކުރައްވަން ގަސްތުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.