Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް --

02 Sep 2023
ޚަބަރު

އަމިއްްލަ އެދުމުން ފުރިގެންވާ ބަޔަކު މަސައްކަތް ކުރަނީ އަނިޔާވެރިކަން އަލުން ގެނައުމަށްކަމުގައި ފައްޔާޒު ވިދާޅުވެއްޖެ

ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީއާއެކު މަސައްކަތްކުރި ބަޔަކު، އެބައެއްގެ އަމިއްލަ އެދުމަށް، އަނިޔާވެރިކަން އަލުން އިޢާދަކުރުމަށް މަސައްކަތް ކުރަމުންދާކަމުގައި، އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެމްޕޭން، އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ތެރެއިން، އުފާވެރި މާލެ ނަމުގައި، ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އެމަނިކުފާނަކީ ރުޅިގަދަ ބޭފުޅެއް ނޫންކަމަށާއި، އެހެން ނަމަވެސް ބައެއް ބޭފުޅުންނަށް އެހެން ހީވާކަމަށެވެ. އެހެން ނަމަވެސް ރުޅިއާދެވެނީ، އެމްޑީޕީއާއެކު ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް، އެކުގައި މަސައްކަތްކުރި ބަޔަކު، އަލުން އެއަނިޔާވެރިކަން އިޢާދަކުރުމަށް މަސައްކަތް ކުރާތީ ކަމަށެވެ. ރައީސް ނަޝީދާއި ދަޑިމޮކްރެޓްސްއާއެކު މަސައްކަތްކުރާ ފަރާތްތަކަށް އިޝާރަތްކުރައްވައި ފައްޔާޟު ވިދާޅުވީ، އެތައް ބުރަ މަސައްކަތަކުން ހޯދި ހަމަޖެހުމާއި މިނިވަންކަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނަ ނުދިނުމަށްޓަކައި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އާދެ އަޅުގަނޑު ދަންނަވާނީ. ހެޔޮ ވިސްނުން ގެންނަވާށޭ! ވެރިކަން ނުލިބުނީމާ ނުވަތަ ވެރިކަމުގެ ބޭނުމުގައި، ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް، ބައިވެރިނުވީމާ އެއީ ދެންތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭންވީ ކަމެއް ނޫން. އާދެ އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން ގޮސް އާޕާޓީއެއް ހައްދަވައިގެން އުޅޭ އެޑިމޮކްރެޓްސްގެ ބޭފުޅުންނަށް، އާއްމުމެމްބަރުންނަށް އަޅުގަނޑު މިދަންނަވަނީ، ތިޔަ ބޭފުޅުންގެ ކެންޑިޑޭޓް ދާނީ 4 ވަނަޔަށޭ!"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް

ފައްޔާޒްވަނީ ދަ ޑިމޮކްރެޓްސްއަށް ލިބޭ މަދު ވޯޓުކޮޅު ބޭކާރުކޮށް ނުލައި، އެމްޑީޕީއާއެކު ބައިވެރިވެ، އެމްޑީޕީގެ ޕަސެންޓޭޖް 60 އިން މައްޗަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފަހު ދުވަސްކޮޅު ގުނެމުންދާއިރު، ރޭ މާލޭގައި އެމްޑީޕީން ބޭއްވި ޖަލްސާއަކީ، މި ރިޔާސީ އިންތިޚާބުގައި ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ޖަލްސާގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.