Advertisement

03 Sep 2023
ޚަބަރު

މިލިޓަރީ މަސައްކަތް ކުރާކަށް ބޭރުގެ ސިފައިންނެއް ނެތް: ރައީސް

މިލިޓަރީ މަސައްކަތެއް ކުރުމަށް އެއްވެސް ޤައުމެއްގެ ސިފައިންނެއް ރާއްޖެއަކު ނެތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ "ސަންގު ރިޔާސީ ބަހުސް" ގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގައި މި ސަރުކާރުގައި ވަކި އާ ކަމެއް ނުހިނގާ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ވެސް ހިނގި ތަމްރީންތަކާއި ގުޅުން ބަދަހިކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އެއީ ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގެ ދަށުން ހިނގާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބޭރުގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް މި ގައުމަކު ނެތް. މިހާރަކު ވެސް ނެތް އިއްޔެއަކު ވެސް ނެތް އޭގެ ކުރިއަކުން ވެސް ނެތް," ރައީސް ވިދާޅުވި އެވެ.

ތަފާތު އެކިއެކި އެކްސަސައިޒްތައް ހިންގަން ބޭރުގެ ސިފައިން ރާއްޖެ އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިންޑިއާ، ލަންކާ އަދި އެމެރިކާ ސިފައިންވެސް އަންނަކަމަށެވެ. އެ އުސޫލުން ތަމްރީންތަކަށް އަޔަސް މިލިޓަރީ މަސައްކަތެއް ކުރަން މި ގައުމުގައި އެހެން ޤައުމެއްގެ ސިފައިން ގާއިމްވެ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފަސް އަހަރުގެ ތެރޭގައި ގައުމުތަކާ އެކު ވަރަށް ގާތް ގުޅުމެއް އުފެއްދިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ހިނގަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންވެފައި އޮންނާނީ އިސް އުފުލޭ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.