އިބޫ 2023
ޚަބަރު
08 Aug 2023

ރަތަފަންދޫގެ ބިމުގެ ދަތިކަމަށް ހޯދައިދެއްވާނެ ޙައްލަކީ ރަތަފަންދޫއާ ކެރައްދޫ ގުޅާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރަތަފަންދޫ ރައްޔިތުންނާއި ކައުންސިލުންވެެސް ފާހަގަކުރާ އެންމެ ބޮޑު ދަތިކަމަކީ، އެރަށުގެ ބިންފުރިފައިވުމެވެ. އަދި އެރަށާއި އެއްފަޅެއްގައި ދާދި ގާތުގައި އޮތް ކެރައްދޫއަކީ ގުދުރަތީ ބިންކަމުގައިވުމުން ދެރަށް ގުޅާލުމަކީ، ރަތަފަންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުވެވަޑަިއގެންފިނަމަ ރަތަފަންދޫގެ ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ރަތަފަންދޫގެ ތަރައްޤީއަށް ކޮށްދެއްވުމަށް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި، އެރަށުގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައު ސިއްޙީމަރުކަޒެއް ބިނާކުރުމާއި، ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު އެޅުމާއި، ޒުވާނުންގެ މަރުކަޒެއް އެޅުން ހިމެނެއެވެ.

އިބޫ 2023
07 Aug 2023
ކީއްވެ އިބޫ؟
ރަށްތައް ތަރައްގީ ކުރައްވަނީ އެރަށެއްގެ ރައްޔިތުންގެ އަޑު އައްސަވައިގެން
މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ ގެންދިއުމުގާ ވަރަށް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއި ވިސްނުމާ އިޙްސާސްތައް އެކުލެވިގެން ހިނގަމުންދާ ސަރުކާރެއްގެ ގޮތުގައި މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ރައީސުންގެ ތެރެއިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ ތަފާތު އެއް ސިފަފުޅަކީ އަޑުއެއްސެވުން ކަމުގައިވެސް ވިދާޅުވިއެވެ.
07 Aug 2023
ޚަބަރު
ރައީސް ޞާލިޙްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި
އެކޮމިޝަނުގެ ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ވަނީ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ.
06 Aug 2023
ޖަޒީރާ ދިރިއުޅުން
ރަކީދޫ - އާބާދީ އެންމެ ކުޑަ ރަށް، އެކަމަކު ބޮޑެތި މަޝްރޫޢުތަކެއް
ރަކީދޫގައި ދިރިއުޅޭ މަދު މީސްކޮޅުގެ ސަބަބުން ކުރީގެ ސަރުކާރުތަކަށް އެހާ މުހިންމު ރަށަކަށް އެ ރަށް ނުވެ އޮތް ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާ، އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެކަން މިއަދު އެރަށުގެ ރަށްޔިތުންނަށް ގަބޫލު ކުރެވޭނެއެވެ.
05 Aug 2023
ޚަބަރު
ރައީސް އިބޫގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވައިފި
އަސްލަމް ރަނިންމޭޓަކަށް ކަނޑައެޅުއްވުމަށް ނިނެމްވުމާއި ގުޅިގެން ކެންޑިޑެންސީ ހުށައެޅުއްވުމަށްޓަކައި އޭނާގެ ރެކޯޑްތައް ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އުފެއްދި ކޯލިޝަންގައި ރަނިންމޭޓަކު ކަނޑައެޅުމަށް ކޯލިޝަނުން ފުރުޞަތު ދިނީ، ޖުމްހޫރީ ޕާޓީއަށެވެ. އަދި މިހާރުގެ ނައިބުރައީސް ކޯލިޝަންގެ ރަނިންމޭޓުކަމުގެ މަޤާމު ހޯއްދެވީ ޖޭޕީ ކައުންސިލްގައި ނެގި ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނާއި ވާދަކުރައްވައި އެއްވޯޓުގެ ތަފާތަކުންނެވެ.
05 Aug 2023
ޚަބަރު
ދަ ޑިމޮކްރެޓްސްއާ ގުޅނު ބައެއް މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ފަށަައިފި
ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ރަސްދޫ ކައުންސިލްގެ ރައީސް ނާހިދު އަދި އެކައުންސިލްގެ ނައިބު ރައީސް އަނިލްއެވެ. އެބޭފުޅުން ވަނީ، އަލުން އެމްޑީޕީއަށް ސޮއެކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެމްބަރޝިޕް ފޯމް އަރުވާފައެވެ.
04 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ވިހެއުމުން ދޭންފެށި ޗުއްޓީއާ އެކީ އާއިލާތަކަށް ލިބުނީ ބޮޑު ހިންހަމަޖެހުމެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރެއްވެވުމަށް ނިންމެވި އެއް ކަމަކީ ވިހެއުމާއި ގުޅިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއިއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން 19 ނޮވެމްބަރ 2018 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، މި ފާހަގަކުރި ވަޢުދު ހިމެނޭހެން، ސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމަށް ނިންމުނެވެ.
03 Aug 2023
ޚަބަރު
މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރީ މި ސަރުކާރުން: މިފްކޯ
ވެރިކަމުގެ 4 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައިކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ފައުޒީ މިހެން ވިދާޅުވީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
03 Aug 2023
ޖަޒީރާ ދިރިއުޅުން
ތަރައްގީގެ ހަގީގީ ކުލަތައް ފެނިފައި ނެތް ހިމަންދޫއަށް މި ދައުރުގައި ބޮޑު އިންގިލާބެއް އައި ފަދަ
މިހާރު އެރަށުގައި ޤާއިމްވެފައި އޮތް ބަނދަރުގެ ވާހަކަ ފެށުނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، އެ ރަށަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމުން އެ އުނދަގޫ އެ މަނިކުފާނާއި ޙިއްސާ ކުރި ހިސާބުންނެވެ. އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 21 އޮކްޓޯބަރ 2021 ގައެވެ. ރައީސް ޞާލިޙް ހުންނެވީ އެ ރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެ. އެ ދުވަހު ރައީސް ދެންނެވީ، ބަނދަރު އެއޮތީ ރައްޔިތުން ބޭނުންވިގޮތަށް ހަދާ ނިމިފައި ކަމަށެވެ.
03 Aug 2023
ޚަބަރު
އެންމެ ލަސްވެގެން ހުކުރު ދުވަހު ކެނޑިޑެސީ ފޯމު ހުށަހަޅާނަން: ރައީސް
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅެއް ބުރާސްފަތި ދުވަހުގެ ރޭ އެންމެ ލަސްވެގެން ކަނޑައަޅުއްވާނެކަމަށެވެ. އަދި ރަނިންމޭޓް ކަނޑައެޅުމަށްފަހު އެންމެ ލަސްވެގެން ހުކުރު ދުވަހު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާނެކަމަށެވެ.
03 Aug 2023
ޚަބަރު
ސިޔާސީ ހަމަނުޖެހުން އޮތް ނަމަ ރައްޔިތަކަށް އެއްވެސް އިޤުތިޞާދީ ފައިދާއެއް ނުކުރާނެ: ރައީީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ކުރިމަތިވެގެން އަންނައިރު، ރައްޔިތުން މިއޮތީ ގޮތް ނިންމަންޖެހިފައި ކަމަށާއި، ސަރުކާރުތަކުގެ ތަފާތަށް ބަލަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަމުން ދުރުވެ ތިބުމުން ގިނަ މަސައްކަތްތަކެއް ކުރެވެނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ރައީސް ޔާމީނުގެ ދައުރުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
02 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގައި ހއ. އާއި ށ އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ އަތޮޅާއި ށ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވުނު އިރު އެރަށްރަށުން ބޮޑު ތަރުޙީބެއް ލިބިވަޑައިގެންނެވި ކަމަށާއި، ކެމްޕޭނުގައި ދެން ވަޑައިގަންނަވާ ރަށްރަށުންވެސް އެވަރުގެ ތާއީދެއް ލިބެނޭކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
02 Aug 2023
އިބޫ 2023
ގެސްޓްހައުސްތަކަށް ފަސޭހައިން ލޯނު ލިބޭނެ ފަންޑެއް ހުޅުވައިދޭނަން: ރައީސް ޞާލިޙް
ގެސްޓުހައުސް ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކުރުމަށް އެކަމަށް ހާއްސަކޮށްގެން ފަންޑެއް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި ހއ. ބާރަށަށް ވަޑައިގެން ރައީސް ވިދާޅުވީ، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވާ އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
01 Aug 2023
ވީޑިއޯ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
31 Jul 2023
ޚަބަރު
ކެމްޕޭން ދަތުރުފުޅުގައި ރައީސް ށ އަތޮޅަށް ވަޑައިގެންފި
އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. ފުނަދޫއިން ރައީސް ޞާލިޙަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފުނަދޫ ރައްޔިތުންނާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ‏ ފުނަދޫ ދަނޑު ހުޅުވައިދެއްވާފައެވެ.
31 Jul 2023
ޚަބަރު
ނައިބުރައީސްގެ އުފަންރަށަށް 50 އަހަރު ތެރޭގައި އެންމެ ބޮޑު ތަރައްގީއެއް މި ފަސް އަހަރު
ފުވައްމުލައް ސިޓީގައި ފާއިތުވި ސަރުކާރުތަކުގައި ހިންގުނު މަޝްރޫޢުތަކަށް ބަލާއިރު 2009-2011 އަށް ހިންގާފައިވަނީ 14 މަޝްރޫޢެކެވެ. 2014-2018 އަށް ހިންގާފައިވަނީ 13 މަޝްރޫޢެކެވެ. ނަމަވެސް، މި ސަރުކާރުގައި 2019-2023 އަށް 40 މަޝްރޫޢެއް ހިންގާފައިވެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 447.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
28 Jul 2023
ކީއްވެ އިބޫ؟
ރައީސް ޞާލިޙަކީ ރައްޔިތުންގެ އަޑުއަހާ ރައީސެއް: މެންބަރު އިސްމާއިލް އަޙްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރުގެ މިދައުރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި އަތޮޅުތަކުގައިވާ ތަރައްޤީގެ ފަރަގު ބޮޑު ތަނުން ކުޑަކޮށް, ރައްޔިތުންގެ ވިންދާ އެއްގޮތަށް, ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ހިންގާފައިވާ ފަސް އަހަރު ކަމުގައި ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ. މެންބަރު އިސްމާއިލް އަޙްމަދު މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މިދައުރު ކުރު ގޮތަކަށް ސިފަކޮށްދެއްވަމުންނެވެ.