Advertisement

28 Jul 2023
ކީއްވެ އިބޫ؟
މިފްތާޙް މުޙައްމަދު

ރައީސް ޞާލިޙަކީ ރައްޔިތުންގެ އަޑުއަހާ ރައީސެއް: މެންބަރު އިސްމާއިލް އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރުގެ މިދައުރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި އަތޮޅުތަކުގައިވާ ތަރައްޤީގެ ފަރަގު ބޮޑު ތަނުން ކުޑަކޮށް, ރައްޔިތުންގެ ވިންދާ އެއްގޮތަށް, ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ހިންގާފައިވާ ފަސް އަހަރު ކަމުގައި ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ. މެންބަރު އިސްމާއިލް އަޙްމަދު މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މިދައުރު ކުރު ގޮތަކަށް ސިފަކޮށްދެއްވަމުންނެވެ.

އެގޮތުން ރައްޔިތުންގެ އަޑުއަހާ ރައީސެއްކަން ހެކިކޮށްދޭ އެއްކަމަކީ ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަން ރާވާ މަޝްރޫޢުތައް އާންމު ކުރާ ހިސާބުން ވެސް ރައްޔިތުންގެ ކަންބޮޑުވުން އުފެއްދުމުން, އެކަންބޮޑުވުމާ އެއްކޮޅަށް ދީއްލާލާ އެބަދަލުތައް ގެނެސްގެން, މަޝްރޫޢުތައް ތަންފީޒީ މަރުހަލާއަށް ދާއިރު ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހިކުރަން މަސައްކަތްކޮށްފައިވާ ބޭފުޅެއްކަމެވެ.

"ރައީސް ޞާލިޙް މިފެނުނީ، ސަރުކާރުގެ ފަރާތުން އުފަންވާ ކަންކަން ވެސް ރައްޔިތުން ކަންބޮޑުވުން އުފެއްދީމާ، އެރައްޔިތުން ކަންބޮޑުވުމާ އެއްކޮޅަށް ދީއްލާލާ އެބަދަލުތައް ގެނެސް، އެތަންފީޒީ މަރުހަލާއަށް ދާއިރު ރައްޔިތުން އެދޭގޮތަށް ކަންކަން ފަހިކުރަން މަސައްކަތްކޮށްފައި ހުރި ބޭފުޅެއްގެ ގޮތުގައި"

ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު

މިކަމާ ގުޅޭ ގޮތުން މިސާލު ޖައްސަވަމުން މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖުލީހަށް ހުށައެޅުއްވި ނަފުރަތުގެ ބިލުގައި ހުރި ކަންކަމާއި މެދު ރައްޔިތުންގެ ފަރާތުން ނަފްރަތު ފާޅުކުރުމާ, އެކިއެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރައްވަމުން ގެންދެވި އިރު ވެސް ރައްޔިތުން އެދޭ ގޮތަށް އެބިލު ފާސް ކުރަން މަސައްކަތް ކޮށްދެއްވާނެކަން ރައީސް ޞާލިހް ވިދާޅުވިކަމެވެ. އަދި ސަރުކާރުގެ ތެރެއިން ފިއްތުންތައް އޮވެމެ, ރައްޔިތުން ބޭނުންވާ ގޮތަށް އެބިލު ފަރުމާވެ ޤާނޫނަކަށް ބަދަލުވެގެން ގޮސްފައިވާކަން މެންބަރު އިސްމާއިލް އަޙްމަދު ފާހަގަކުރެއްވިއެވެ. ސަރުކާރުން ރާވާ ހިންގާ މަޝްރޫޢުތަކުގައި ރައްޔިތުން ޑިމާންޑެއް ކޮށްފިނަމަ އެއަށް އިތުރު ހޭދައެއް ކުރަން ޖެހުނުކަމުގައި ވިޔަސް ރައްޔިތުން އެދޭ ގޮތަށް, އެޕްރޮޖެކްޓެއްގެ ބޭނުން ހިފަން ތިބޭ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމެވުމަށް ރައީސް ޞާލިޙަކީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެއްގެ ގޮތުގައި މެންބަރު އިސްމާއިލް އަޙްމަދު ސިފަކުރެއްވިއެވެ.

”ރައްޔިތުން ޑިމާންޑެއް ކުރީމަ އަދި އެއަށް އިތުރު ހޭދައެއް ކުރަންޖެހުނު ކަމުގައި ވިޔަސް، ރައްޔިތުން އެދޭ ގޮތަށް، އެޕްރޮޖެކްޓްގެ ބޭނުން ހިފަން ތިބި ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ"

ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު

ޖުމުލަ ގޮތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެހެނިހެން ރައީސުންނާ ހުރި އެންމެ ބޮޑު އެއް ތަފާތުގެ ގޮތުގައި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވީ މިރައީސަކީ އެންމެ ތިރިން ފެށިގެން, އާންމު ރައްޔިތު މީހާގެ އަޑު އަހައިގެން ވެރިކަން ކުރައްވާ, ދޫ ދެއްވަން ޖެހޭ ތަންތަނުގައި ދޫ ދެއްވައިގެން ވެރިކަން ކުރަން ފަރިތަ ބޭފުޅެއް ކަމާއި, މިއިން ޒަމާނަކު ރާއްޖެ ނުދެކޭ ވަރަށް އަތޮޅުތަކުގެ ތެރޭގައި ތަރައްޤީގެ ކަންކަން މިހާރު 'މެކުހަށް' ޖަހާފައި އޮތްކަމަށް މެންބަރު އިސްމާއިލް އަޙްމަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިއިން ޒަމާނަކުވެސް ނުދެކޭ ވަރަށް، ޝަމްސުއްދީން ދައުރުން ފެށިގެން ވެސް ނުދެކޭ ވަރަށް، އަތޮޅު ތެރޭގައި ތަރައްގީގެ ކަންކަން މެކުހަށް ޖަހާފައި މިހާރު އޮތީ"

ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު

މީގެ އިތުރުންވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ މިވެރިކަމުގައި މުޅި ދުނިޔެއަށް ދިމާވި އާލަމީ ވަބާގެ ގޮތުގައި ސިފަކުރައްވާ, ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ތެރޭގައިވެސް ރައީސް ވައުދުވެ ވަޑައިގެންނެވި ކަންކަން ކުރުމުގައި ދިމާވި ހުރަސްތައް ގިރާކޮށް, ރައްޔިތުންނަށް ވެފަ ހުރި ވައުދުތައް ފުރިހަމަކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވަން މުހިއްމުކަމަށް މެންބަރު އިސްމާއިލް އަޙްމަދުގެ އިންޓަވިއުގައި ވިދާޅުވިއެވެ. 

އަދި މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ އަމާންކަން ސިފަކުރައްވާ މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވީ މީޑިއާތަކަށް ހިޔާލުފާޅު ކުރުމުގައި ލިބިފައިވާ މިނިވަންކަމާ, ނޫސްވެރިއަކު ބަންދުކޮށްފައި ނުވާކަމާ, ވަޒީފާތަކުގައި ތިބި ފަރާތްތަކަށް މިނިވަންކަމާއި އެކު ބަސް ބުނުމުގެ ޖާގަ އޮތް, އަދި ވަޒީފާގެ ބިރުވެރިކަމެއް ނެތް ވެރިކަމަކަށް ވާތީ މިއަމާންކަން ދެމެހެއްޓުމަށްޓަކައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް މުހިންމުކަމަށެވެ.

"މީޑިއާތަކަށް ބޭނުން ގޮތަކަށް، ބޭނުން އެއްޗެއް ބޭނުން ހިޔާލެއް ފާޅުކުރަމުން އެގެންދަނީ، އެއްވެސް ނޫސްވެރިއެއް ޖަލަށް ލާފައެއް ނެތް"

ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު

އަދި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އަޅުވާ, ރަށްރަށުގައި ހުރި އަސާސީ ކަންކަމާ ތަރައްޤީގެ ކަންކަން މެދު ނުކެނޑި ހިންގުމަށާ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ވެސް ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮވުމަކީ އިންތިހާއަށް މުހިންމު ސަބަބެއްކަމަށް މެންބަރު އިސްމާއިލް އަޙްމަދު ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.