Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

02 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ރިޔާސީ އިންތިޚާބުގައި ހއ. އާއި ށ އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި، ތިލަދުންމަތީ އުތުރުބުރިއާ މިލަދުންމަޑުލު އުތުރުބުރިން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ޔަޤީން ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅަށާއި ހއ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރަށްފަހުގައި މިއަދު، ހދ ހަނިމާދޫޫއަށް މިއަދު ވަޑައިގެން ރާއްޖޭގެ މީޑިއާތަކަށް ދެއްވި ބަސްދީ ގަތުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހއ އަތޮޅާއި ށ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވުނު އިރު އެރަށްރަށުން ބޮޑު ތަރުޙީބެއް ލިބިވަޑައިގެންނެވި ކަމަށާއި، ކެމްޕޭނުގައި ދެން ވަޑައިގަންނަވާ ރަށްރަށުންވެސް އެވަރުގެ ތާއީދެއް ލިބެނޭކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މިރަށްރަށުން މިމަންޒަރު ފެނިގެން ދަނީ، މިވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީއަށްޓަކައި، ޢުމުރާނީ ތަރައްޤީ އަށާއި އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެން ވީ ވަޢުދުތަކާއި އެއްގޮތަށް ކަންތައްތައް ކުރަމުންދާތަން ރައްޔިތުންނަށް ފެންނާތީ، އެއީ އެކަން ޤަބޫލު ކުރުމުގެ ނަތީޖާ." 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލުގެ ރަށްރަށާއި، ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހުރިހާރަށެއްގައިވެސް ވަނީ ކެމްޕޭން ބައްދަލުވުންތައް ބާއްވައި، އެރަށްރަށުގައި ހިންގިފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާފައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑެންސީ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ ފުރުޞަތު މިރޭގެ އޮގަސްޓް 7 ވަނަ ދުވަހަށް ހަމަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.