Advertisement

ފޮޓޯ: ޕްރެސިޑެންޓް އޮފީސް

31 Jul 2023
ޚަބަރު
ވިޝާމް

ނައިބުރައީސްގެ އުފަންރަށަށް 50 އަހަރު ތެރޭގައި އެންމެ ބޮޑު ތަރައްގީއެއް މި ފަސް އަހަރު

ފުވައްމުލައް ސިޓީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ފުވައްމުލައް ސިޓީއަށް މި ފަސް އަހަރު ތެރޭގައި ގެނެވުނު ތަރައްޤީއާއި ހިންގުނު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބުރައީސް ފައިސަލް ނަސީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ފުވައްމުލައް ސިޓީގައި ފާއިތުވި ސަރުކާރުތަކުގައި ހިންގުނު މަޝްރޫޢުތަކަށް ބަލާއިރު 2009-2011 އަށް ހިންގާފައިވަނީ 14 މަޝްރޫޢެކެވެ. 2014-2018 އަށް ހިންގާފައިވަނީ 13 މަޝްރޫޢެކެވެ. ނަމަވެސް، މި ސަރުކާރުގައި 2019-2023 އަށް 40 މަޝްރޫޢެއް ހިންގާފައިވެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 447.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ ކޮންމެ ފިކުރެއްގެ ކޮންމެ ވިސްނުމެއްގެ މީހުން ރަށުގައި އުޅުނު ކަމުގައިވިއަސް އެންމެން ވެސް ބޭނުންވަނީ ރަށެއް ތަރައްޤީވުން ކަމުގައާއި، މިއީ 13،000 އަށްވުރެ ގިނަ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމުގައި ވާއިރު މިކަމާ ޝުކުރުވެރި ނުވާނީ ކާކު ކަމުގައިތޯއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ފުވައްމުލަކުގައި ހިންގުމަށް ރާވާފައިވާ ބިޔަ ބޮޑު މަޝްރޫޢުތައް ވެސް ރޭގެ ޖަލްސާގައި ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުން، އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުން، އައިޓީ އަދި ޓިވެޓް ސެންޓަރެއް ގާއިމްކުރުން، މަލްޓި ޕަރޕަސް އޮފީސް ކޮމްޕްލެކްސްއެއް ގާއިމްކުރުން އަދި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކަށް ފުވައްމުލަކު ހޮސްޕިޓަލް ހެދުން ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.