މިހާރު ފެންނަމުން މިދަނީ ޚުދުމުޚުތާރުވެރިކަމެއްގެ ސިފަ: ކުރީގެ ނައިބު ރައީސް
ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤާނޫނު އަސާސީގައި ބާރުތައް ވަކިކޮށްފައި ވަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ބާރުތައް އެކެއްގެ އަތްމައްޗަށް ގެނެސްގެން ހޯދޭނެ ވަކިމޮޅެއް ނެތް ކަމަށާއި އާޚިރުގައި ގެއްލުން ލިބޭނީ ޤައުމާއި ހުރިހާ ރައްޔިތުންނަށް ކަމުގައިވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.