Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމްޑީޕީގެ ޕޯޑިއަމްގައި -- ފޮޓޯ: ނޫން.އެމްވީ

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ޖުމްހޫރީ ޕާޓިން ވަކިވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައި ޞަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީން އެމަނިކުފާނު ވަކިވެވަޑައިގެންނެވިކަން، ރާއްޖޭގެ މީޑިއާތަކަށް އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ބައެއް އެހެން ފަރާތްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ވެރިކަމުގެ ދައުރު ނިމުމަށްފަހުގައި އެމްޑީޕީގެ ބައެއް ހަރަކާތްތަކުން އެމަނިކުފާނު ވަނީ ފެންނަން ފަށާފައެވެ.

މިގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެެޓްގައި ވާދަކުރެއްވި އާދަމް އާޒިމްގެ ކެމްޕޭނުގައި އެމަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އާޒިމްއަށް މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރެވުމާއި ގުޅިގެން ސަލްޓަންޕާކުގައި ބޭއްވި އެއްވުމުގައިވެސް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޔާސީ ދާއިރާގައި އެންމެ ފުރަތަމަ ފައިޞަލް ނަސީމް މަސައްކަތްޕުޅު ފެއްޓެވީވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވެ. ރާއްޖޭގައި ދައުރު ފުރުހަމަކުރެއްވި ފުރަތަމަ ނައިބު ރައީސަށް ފައިސަލް ވެވަޑައިގަންނަވާއިރު، ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.