Advertisement

26 Aug 2023
ޚަބަރު

އަހަރެމެންނާއެކު: މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ އެކްސްޕޯ

މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ އެކްސްޕޯ "އަހަރެމެންނާއެކު" އެކްސްޕޯ ފަށައިފިއެވެ. މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މިއީ ނެޝަނަލް ޑްރަގް އެޖެންސީއާއި، ކަމާއި ގުޅުންހުރި ބޭރު ޖަމިއްޔާތަކާއި ރާއްޖޭގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ރުއްގަނޑު އެކެއް ސަރަޙައްދުގައެވެ.

އެކްސްޕޯ ފައްޓަވައިދެއްވާ ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، މަސްތުވާތަކެތީގެ ހިތާމަ ތަޙައްމަލުކުރަން ނުޖެހޭ އާއިލާއެއް ރާއްޖޭގައި މަދުވާނެކަމަށެވެ. މިކަަން ހައްލުކުުރުމަށް އިދާރާތަކާއި މުޖުމަޢުގެ އެއްބާރުލުން ބޭނުންވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިކަމާމެދު ސިއްޙީ ނަޒަރަކުން މުޖުތަމަޢު ހޭލުންތެރިކުރުންކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ. މިއީ ފަރުވާ ބޭނުންވާ މައްސަލައެއްކަމާއި، އެކަމުގައި މުއައްސަސާތަކާއި މުޖުތަމަޢުގެ އެހީތެރިކަމުގެ މުހިންމުކަން ބުނެދިނުމަކީވެސް މިއެކްސްޕޯ ބޭއްވުމުގެ މަޤްސަދެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، އިންފޮމޭޝަން ސްޓޯލް އަދި ތަފާރު ގޭމްތަކާއި ހަރަކާތްތަކުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.