Advertisement

26 Sep 2023
ޚަބަރު

ޑިޖިޓަލް ރާއްޖެއަކަށް އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫގެ ހިއްސާވޭ: ނައިބު ރައީސް

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އެޅޭ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ސަރުކާރާއިއެކުގައި މަސައްކަތް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް އިޤުތިޞާދު ބިނާކުރުމުގައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ސަރުކާރުގެ ޚިދުމަތްތަކަށް ތަޢާރަފްކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޯ.ސީ.އެމް- އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލެވިފައިވުމަކީ، ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިއެކު ހަލުވި، ބްރޯޑްބޭންޑް އިންޓަރނެޓާއި މޮބައިލް އިންޓަރނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެ ތަރައްޤީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށާއި، އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކަށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.

މި ރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެކުންފުނީގެ އޮފީސް ޢިމާރާތަކީ، އެންމެ ޒަމާނީ އޮފީސް ޢިމާރާތެކެވެ. މިއިމާރާތް ފަރުމާކޮށްފައި ވަނީ، ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާޙައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމާއި، ކުޑަކުދިންނަށް ޚާއްސަ އޭރިއާއެއް މިއިމާރާތުގައި ހުރެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ މިޢިމާރާތަކީ، ޤުދުރަތީ ވައި ދައުރުވާނެ ގޮތަށާއި، ޢިއާދަކުރަނިވި ޙަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.