Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް -- ފޮޓޯ: ނޫން

19 Dec 2023
ނައިބް ރައިސް ފައިސަލް ނަސީމް
ޢަލީ ސުލައިމާން

މުޅިރާއްޖޭގެ ތަރައްޤީގައި އާދަމް އާޒިމް ވެދެއްވި ޙިއްޞާ ވަރަށް ބޮޑު: ކުރީގެ ނައިބު ރައީސް

ކުރީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް ހިންގުނު މަޝްރޫޢު ތަކުގައި އާދަމް އާޒިމްގެ ޙިއްޞާ ވަރަށް ބޮޑުކަމުގައި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ނަސީމް މިހެން ވިދާޅުވީ، މާލޭ ސީޓީގެ މޭޔަރު އިންތިޚާބުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްގެ ކެމްޕޭނުގެ ތެރެއިން ރޭ ހުޅުމާލެ ރުއްގަނޑު 1ގައި ބޭއްވި ބޮނޑިބަތް އިވެންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި، ވިދާޅުވީ އާދަމް އާޒިމްއަކީ، މަސައްކަތް ކުރެއްވި ކޮންމެ ތަނެއްގައިވެސް ނަތީޖާ ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އާޒިމްއަކީ މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެންމެ ޤާބިލް ކެންޑިޑޭޓްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

"ައަޅުގަނޑުމެން ފަށާފައި އަޅުގަނޑުމެން ކުރަމުން ގެންދިޔަ މަސައްކަތްތަކެއް ހުއްޓޭ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، އެއީ ސާފުކުރުމުގެ އެކި އެކި ޕްރޮގްރާމްތަކާއި، ހޭލުންތެރިކުރުވުމުގެ އެކި އެކި ޕްރޮގްރާމްތަކާއި، މަގުމަތި ރައްކާތެރިތަނަކަށް ހެދުމުގެ ޕްރޮގްރާމްތަކާއި، ޕާކިން އާއި ގުޅުންހުރި ކަންތައްތަކާއި، މިހުރިހާކަމެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އާދަމް އާޒިމް، މޭޔަރުކަމުގެ ދަށުން އަނެއްކާވެސް އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނޭ. އެއީ ކޮންމެ ކަހަލަ ސަރުކާރަކާއިވެސް ގުޅިގެން މަސައްަކަތް ކުރެވޭނެ ބޭފުޅަކަށް ވާތީ."

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް --

މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި، ވާދަކުރައްވާ ކެންޑީޑޭޓްގެ ތެރެއިން އާދަމް އާޒިމަކީ، އެންމެ ތަޖުރިބާހުރި ކެންޑިޑޭޓުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ސީޓީގެ މޭޔަރު އިންތިޚާބުގެ ބައި-އިލެކްޝަން އޮންނާނީ މިއަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.