Advertisement

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވުން --

16 Aug 2023
ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ ބޮޑު އެހީތެރިކަމަކާއިއެކު އައިޖީއެމްއެޗްގައި ތަރައްޤިކުރި އޮންކޮލޮޖީ ވޯޑު ހުޅުވައިފި

ކެންސަރުގެ ބަލިތަަކަށް ފަރުވާ ދިނުމަށް، އައިޖީއެމްއެޗްގައި ތައްޔާރުކުރި އޮންކޮލޮޖީ ވޯޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ. 

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ތަރައްޤީކޮށްފައި ވަނީ، ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން އެހޮސްޕިޓަލަށް ފޯރުކޮށްދިން މާލީ އެހީގެ އިތުރުން ހޮސްޕިޓަލުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުން ފިލުއްވެވިއެވެ.

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާމީހުންނަށް ޚާއްސަކޮށްފައިވާ ވޯޑެކެވެ. 8 އެނދުގެ މިވޯޑުގައި، ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުންނާނެކަމުގައި އެހޮސްޕިޓަލުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.