މުއްސަނދި ކުޑަ ޤައުމެއް، ސިޔާސީ މީހުން ކައި ހުސްކޮށްލުމުން މިއަދު ރައްޔިތުން ތިބީ ބަނޑަށްޖެހިފައި
އިޤުތިޞާދީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި ނައުރޫއަށް ދިމާވި މައްސަލައަކީ އެޤައުމުގެ އިޤުތިޞާދު މެނޭޖު ނުކުރެވުމެވެ. އަދި ޤައުމުގައި ހުރި ޤުދުރަތީ ރިސޯސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ނުކުރެވެމެވެ. އެހެންކަމުން ނައުރޫއަށް ވެގެން ދިޔަ ގޮތަކީ، ދުނިޔޭގެ ކުދި ޖަޒިރާ އެހެން ޤައުމުތަކަށް އޮތް މިސާލަކަށް ވާއިރު، ދިވެހިރާއްޖޭގެ މިސްރާބު މިހުރީ ކިހިނެއްތޯ ވިސްނާލަން ޖެހެއެވެ.