Advertisement

ފޮޓޯ: ބީއެމްއެލް

28 Oct 2023
ޚަބަރު

ބޭންކުތަކުން 1.2 މިލިއަން ކާޑު ދޫކޮށްފި

ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކާޑު ދޫކުރަން ފެށުނީއްސުރެ މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ އެމްއެމްއޭއިން ބުނެފިއެވެ. އެމްއެމްއޭގެ ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން އޭގެ ތެރެއިން 74 އިންސައްތަ ކާޑު އަދިވެސް އެކްޓިވްއެވެ. 

ރާއްޖޭގެ ބޭންކަކުން ޑެބިޓް ކާޑު އެންމެ ފުރަތަމަ ތައާރަފް ކުރީ 2000 ވަނަ އަހަރު އެވެ. އަދި 2004 ވަނަ އަހަރު ވަނީ ކްރެޑިޓް ކާޑު ތައާރަފްކޮށްފައެވެ. 

އެމްއެމްއޭގެ ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން، ޑެބިޓް ކާޑުގެ ތެރެއިން 48 ޕަސެންޓަކީ ވިސާ ކާޑެވެ. އަދި 24 ޕަސެންޓު މާސްކާޑަށް ވާ އިރު 22 ޕަސެންޓަކީ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑެވެ.

ކާޑުތަކުގެ މުއާމަލާތްތަކުގެ 85 ޕަސެންޓަކީ ޕީއޯއެސް ނުވަތަ ކާޑު މެޝިނުން ހިންގި މުއާމަލާތްތަކެވެ. ބާކީ 15 ޕަސެންޓު ކާޑު މުއާމަލާތް ހިންގީ އޮންލައިންކޮށެވެ.

ކްރެޑިޓް ކާޑުގެ ތެރެއިން 64 ޕަސެންޓަކީ ވިސާ ކާޑެވެ. އަދި 28 ޕަސެންޓު ނިސްބަތްވަނީ އެމެކްސްއަށެވެ. ބޭންކްތަކުން ދޫކުރާ ޕްރިޕެއިޑް ކާޑުގެ 99 ޕަސެންޓަކީ މާސްޓަކާޑެވެ.

މިދިޔަ އަހަރު 46 މިލިއަން ޓްރާންސެކްޝަން ކާޑުތަކުން ކުރިއެވެ. އެއީ 18 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތެވެ. އޭގެ ތެރެއިން 17 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގީ ޑެބިޓް ކާޑުތަކުންނެވެ. ބާކީ އެއް ބިލިއަން ރުފިޔާގެ މުއާމަލާތް މިދިޔަ އަހަރު ހިންގީ ކްރެޑިޓް ކާޑުތަކުންކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. 

އޭގެ ކުރީ އަހަރު ކާޑު ބޭނުންކޮށްގެން 39 ޓްރާންސެކްޝަނުން 16 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގިއެވެ. މިދިޔަ އަހަރު އެކަނި ބޭންކްތަކުން ވަނީ 750 ޑެބިޓް ކާޑު ދޫކޮށްފައެވެ. އޭގެ ތެރެއިން 64 ޕަސެންޓަކީ އެކްޓިވް ނުވަތަ ބޭނުން ކުރަމުން އަންނަ ކާޑުތަކެވެ.

ބޭންކުތަކުގެ އިތުރުން ރާއްޖޭގައި ރެމިޓެންސްގެ ޙިދުމަތް ދެމުންދަނީ 2 ކުންފުންޏަކުންނެވެ. އެމްއެމްއޭއިން ހާމަކުރާގޮތުގައި 2020ވަނަ އަހަރު ރެމިޓެންސްގެ ޙިދުމަތަކަށް އޮތް ޑިމާންޑު ބޮޑުވެގެން ދިޔަ ނަމަވެސް 2019 އިން 2022ވަނަ އަހަރާއި ހަމައަށް މި ޙިދުމަތަށް އޮތް ޑިމާންޑުވަނީ 35 އިންސައްތަ ދަށްވެފައެވެ. މިއީ ފައިސާގެ އަދަދުން ބަލާނަމަ 80 މިލިއަން ޑޮލަރުން 52 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

 މިދިޔަ އަހަރުތެރޭ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން 49 މިލިއަން ޑޮލަރު އެކި ޤައުމުތަކަށް ފޮނުވާފައެވެ. މިއީ މުޅި ޖުމްލަ ރެމިޓެންސްގެ 94 އިންސައްތައެވެ. މިދިޔަ އަހަރުތެރޭ އިންވާޑް ރެމިޓެންސް ނުވަތަ ބޭރު ޤައުމުތަކުގައި ދިރިއުޅޭ މީހުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ އަކީ 3 މިލިއަން ޑޮލަރެވެ. މިއީ ޖުމްލަ ރެމިޓެންސްގެ 6 އިންސައްތައެވެ.



ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.