Advertisement

03 Aug 2024
ވިޔަފާރި
މިފްތާޙް މުޙައްމަދު

އިންޓަނެޓް ބޭންކިން އަދި ފަވަރަ މެދުވެރިކޮށް މުސާރަ އާއި ބޮޑެތި އަދަދުތައް ޕްރޮސެސްކުރުން ބީއެމްއެލް އިން މެދުކަނޑާލައިފި

އިންޓަނެޓް ބޭންކިން އަދި ފަވަރަ މެދުވެރިކޮށް މުސާރަ އާއި ބޮޑެތި އަދަދުތައް ޕްރޮސެސްކުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މެދުކަނޑާލައިފިއެވެ. 

މިކަން ހާމަކޮށް ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މުސާރަ އާއި ބޮޑެތި އަދަދުތައް ޕްރޮސެސްކުރުމަށް ގެނައި ބަދަލާ ގުޅިގެން، ދެން އެ ހިދުމަތްތައް ހޯދަން ޖެހޭނީ ކުރިން ވެސް އެ ހިދުމަތްތައް ހޯދިގޮތަށް އީމެއިލް ކޮށްގެން ކަމަށެވެ. އެގޮތުން، ބޭންކުން ބުނީ [email protected] އަށް އީމެއިލް މެދުވެރިކޮށް އެދިލެއްވުމުން، މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ ކަމަށެވެ.

މިފަދަ ބަދަލެއް ބީއެމްއެލްގެ ހިދުމަތްތަކަށް މި ގެނައީ ބެލެވޭ ގޮތުގައި މިދިޔަ ހަފްތާގައި މީހެއްގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ޖަމާކުރުމަށްފަހު، އެއީ އޮޅިގެން ކުރެވުނު ކަމެއްކަމަށް ބުނުމަށްފަހުއެވެ. 

77 ބިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކުން ބުނީ، އެއީ “ހިއުމަން އެރާރ” އެއް ކަމަށާއި، އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށެވެ. 

މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުންކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.