Advertisement

ފޮޓޯ: ބީއެމްއެލް

29 Feb 2024
ޚަބަރު

ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑުން ކިހާދޫއަށް ހައިޑްރޯފޮނިކްސް ސިސްޓަމެއް

ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް 4 ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފައެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެއެވެ. މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށެވެ.

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިންގ ސެޝަންތަކެއްވެސް ބާއްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.